ތޮއްޑޫގައި ރަޝިއާ މީހަކަށް ހަމަލާ ދީ ޒަހަމްކޮށްލައިފި

5e4becff75d1b-838x468-1.jpg

އއ. ތޮއްޑޫގައި ރަޝިއާ މީހަކަށް ހަމަލާ ދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތްކުރާ 42 އަހަރުގެ ރަޝިޔާ މުވައްޒަފެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލައެއް ރޭ 6:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެމީހާގެ ހާލު ރަނގަޅުކަމަށާއި މައްސަލާއި ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ތޮއްޑޫއަކީ މި ސަރަހައްދުގައި އެންމެ ބާރަށް ފަތުރުވެރިކަން ކުރިއަރަމުން އަންނަ އެއް ރަށެވެ. އެ ރަށުގައި މިހާރުވެސް 50 އަށް ވުރެ ގިނަ ގެސްޓު ހައުސް ހުރެއެވެ.

އޭގެ އިތުރުން އެ ރަށަކީ ދަނޑުވެރިކަމުގައި ވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top