އޭދަފުށިން 5 މީހަކު ކޮވިޑްއަށް ޕޮޒިޓިވް !

IMG_20200929_123943379.jpg

އޭދަފުށީ ބަނދަރުމަތި

އޭދަފުށީގައި ހޯމްކަރަންޓީނުގައި ތިބި ފަސް މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ފަސްމީހުން ކޮވިޑްއަށް ޕޮޒިޓިވްވީކަން އެނގިފައިވަނީ އެމީހުންގެ ކަރަންޓީނު މުއްދަތު، 10ދުވަސް ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލް އިން ކަމަށެވެ.

ޕޮޒިޓިވްވީ ދެ ފިރިހެނުންނާއި ކުޑަދެ ކުދިންގެ އިތުރުން އަންހެނެކެވެ. މީގެ ތެރެއިން 4 މީހަކު ކަރަންޓީނު ވެގެން ތިބީ އެއް ގެއެއްގަ އެވެ.

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވަނީ މި މަހުގެ ކުރީކޮޅު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އޭދަފުށިން ކޮވިޑް 19 އަށް 36 މީހަކުވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 30 މީހަކު ބަލިން ރަނގަޅުވެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top