ފަސް ބިދޭސީއަކަށް ފަސްހާސް ސިމް ކާޑު

cp-police-hameed-palmdfvya7mtuwnehl7f3woen1n8o0sivk81dpxsog.jpeg

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު

ރާއްޖޭގައި އެންމެ ގިނައިން މޯބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ބިދޭސީން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އެއިން ކޮންމެ މީހަކު އެވަރެޖްކޮށް 5،000 ސިމް ގަނެފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ މިއަދު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން ސިމްކާޑު ގަނެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީން ކަމަށެވެ. އެ ބިދޭސީންނަކީ ކުރިން ރާއްޖޭގައި އުޅުނު ނަމަވެސް މިހާރު ނޫޅޭ މީހުން ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސްކޭމް ކޯލުތަކާއި ފްރޯޑާއި ގުޅޭ ގިނަ ކުށްތައް ކުރަމުންދަނީ ފޯނު މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ކަމަށާއި އެ ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތައް ކުރެވުނުކަން ފާހަގަކޮށް ލިބިފައިވާ މައުލޫމާތާއި ހޯދުނު ކުރިއެރުންތަކުގެ ތަފްސީލުވެސް ސީޕީ ދެއްވި އެވެ.

އެގޮތުން ރާއްޖޭގައި ކުރާ ކުށްކުރުމަށާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ އިތުރުން ސްކޭމް ފޯނުކޯލު ކުރުމަށް އެ ސިމްތައް ބޭނުންކުރާ ކަމަށާއި ޖަލު ސަރަހައްދުން ނޫން ނަމަވެސް މުޅި ރާއްޖެއިން ސްކޭމް ކޯލުކުރާ މައްސަލަތަކުގައި 3،033 ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން 2،796 ސިމް ކާޑުތައް ފުލުހުން މެދުވެރިވެގެން ހިދުމަތް ކަނޑާލައި 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައި ވާ ކަމަށާއި އަށް އައިޕީ އެޑްރެސް ބްލޮކް ކުރި ކަމަށް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top