70 އިންސައްތަ ސިވިލް ސާވަންޓުން މިއަދުވެސް އިހުތިޖާޖުގައި

242279581_402025561368909_3584092389004886690_n-850x548.jpeg

70އިންސައްތަ އޮފީސްތަކުގައި މިއަދު މަސައްކަތް ނުކުރާ ކަަމަށް ސިވިލް ސާވެންޓުންގެ ހައްގުގައި މަސައްކަތް ކުރާ، ދިވެހި ސިވިލް ސާވެންޓްސް އެސޯސިއޭޝަންއިން ހާމަކޮށްފިއެވެ.

އިއްޔެއިން ފެށިގެން ސިވިލް ސާވަންޓުން އިހުތިޖާދު ކުރަމުން ދަނީ ދަށުފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މިނިމަމް ވޭޖު ކަނޑައެޅުން އަވަސް ކުރަން ސަރުކާރަށް ގޮވާލުމަށް ފަށައިފައިވާ އިހްތިޖާޖުގައި ބައިވެރިވުމުގެ ގޮތުން ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

 

ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތައް ހާމަކޮށް އިއްޔެ ކަޅު ހެދުމުގައި އެމީހުން ކުރި އިހުތިޖާޖަށް ފަހު، އެކަށީގެންވާ އިޖާބައެއް ކަމާއިބެހޭ ފަރާތްތަކުން ލިބިފައިނުވާތީ، އެމީހުން މިއަދު އޮފީސްތަކަށް ނުކުތްނަމަވެސް މަސައްކަތް ނުކުރުމަށް ވަނީ ނިންމާފަ އެވެ.

ސިވިލް ސާވަންޓުން ބުނަމުން އަންނަނީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ވައުދަކަށް ވީނަމަވެސް، މި ވައުދު މިއަދާ ހަމަޔަށް ވެސް ފުއްދިފައިނުވާ ކަމަށެވެ.

މި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނުން ބުނީ މުސާރައިގެ މައްސަލައިގައި އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި، އެއީ ވަރަށް ގިނަ މީހުންނަށް އޮޅިފައި އޮތް ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ ޕޭ ކޮމިޝަނުން ކަމަށެވެ.

ސިވިލް ސަރވަންޓުން ކުރާ ޑިމާންޑްތަކުގެ ތެރޭގައި ލިވިން އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި ހުރިހާ މަގާމުތަކަށް ސެޓްފިކެޓުގެ ކުރިއެރުން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެއެވެ. އޭގެ އިތުރުން ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމަށް ވެސް ސިވިލް ސާވަންޓުން ދަނީ ގޮވާލަމުންނެވެ.

ސިވިލް ސާވެންޓުން އިހުތިޖާޖު ކުރިއަށްދާއިރު، މިދިޔަ ހަފްތާގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ އިއާދަކޮށްދީފައި ނުވާތީ، ޕައިލެޓުން ހަޅުތާލު ކުރަން ނިންމާފައިވަނިކޮށް ރައީސް ސޯލިހު ވަނީ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top