ގައުމީ އެއާލައިން، މާފަރުން ނިއުދިއްލީއަށް

Maldivian-ovgec6yrzeudak097cr0dsg09aor26244i3pq8ii5s.png

މޯލްޑިވިއަންގެ ފްލައިޓެއް

ނ. މާފަރުން އިންޑިއާގެ ނިއުދިއްލީއަށް ސީދާ ދަތުރުތައް އަންނަ މަހު ފަށާނެކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ނިއުދިއްލީއަށް ސީދާ ދަތުރުތައް ފަށާނީ އަންނަ މަހުގެ 21 ވަނަ ދުވަހު ކަމަށާއި، މާފަރުން ނިއުދިއްލީއަށް ދެކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 285 ޑޮލަރަށް ކަމަށެވެ. އަދި ނިއުދިއްލީން މާފަރަށް ދެކޮޅު ޓިކެޓް ވިއްކާނީ 312 ޑޮލަރަށެވެ.

މޯލްޑިވިއަނުން ބުނީ އެ އެއަރލައިންގެ މި ދަތުރުވެގެންދާނީ ކޮވިޑަށްފަހު މޯލްޑިވިއަންއިން ފަށާ ބައިނަލްއަޤްވާމީ ފުރަތަމަ އައު ރޫޓަށް ކަމަށެވެ.

އެ ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ މި ދަތުރުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ، މޯލްޑިވިއަންގެ ޓިކެޓް އޮފީސްތަކުންނާއި ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ.

ބަނގުރޫޓުވުމުގެ ބިރާ ކުރިމަތިވެފައިވާ އަދި މުސާރަ ހަމައަށް ނުދޭތީ ޕައިލެޓުން ވަޒީފާއިން ވަކިވަމުންދާ ގައުމީ އެއާލައިނުން އިންޑިއާގެ ވެރިރަށަށް ސީދާ ދަތުރުތައް ފަށަން ނިންމި ނަމަވެސް ދިވެހިންނަށް އިންޑިއާއަށް މިހާރު އެރެނީ ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ވިސާ ދިނުމުންނެއެވެ. ނަމަވެސް އިންޑިއާ މީހުން ރާއްޖެ އަންނަން ވިސާ ނަގާކަށް ނުޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top