އާބާދީ ކުދި ރަށްރަށަށް ބަގީ އެމްބިއުލާންސް

234811363_3622874667816152_3207064686247372021_n.jpg

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

އާބާދީ ކުދި ރަށްރަށަށް ބަގީ އެމްބިއުލާންސް ތަކެއް ގެންނަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ބަގީ އެމްބިއުލާންސް ތަކެއް ގެންނަން ނިންމީ އެސްޓީއޯ އާއި ހަވާލުކޮށްގެން ރާއްޖެއަށް ގެނެސްފައިވާ އެމްބިއުލާންސްތައް އާބާދި ކުދި ރަށްރަށަށް ބޭނުން ނުކުރެވޭތީ ކަމަށެެވެ.

”ޗައިނާއިން 25 ބަގީ އެމްބިއުލާންސް ގެންނަން މިހާރު ވާނީ އޯޑަރުކޮށްފަ. އެތަކެތި ވަރަށް އަވަހަށް ލިބޭނެ“ ނަސީމް ވިދާޅުވިއެެވެ.

ނަސީމް ވިދާޅުވީ މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ގައި ބަގީ އެމްބިއުލާންސް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

”ޗައިނާގެ ގުރާންޓް އެސިސްޓެންޓް ވެސް އެބަލިބޭ، އޭގެ ތެރެއިން ވެސް މިއެއްޗެހި ގެނެވިދާނެ. ކޮންމެވެސް ކަހަލަ ސްޓަރަކްޗަރަލް ދަށުން އަޅުގަނޑުމެން ގެންނާނަން،“ ނަސީމް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ އެމްބިއުލާންސްތައް ލިބުމުން ކުދި ރަށްރަށަށް އެމްބިއުލާންސް ތައް ފޮނުވާނެ ކަމަށެވެ. އަދި އާބާދީ ކުޑަ ކުދި ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކަކީ ފަސްޓް އެއިޑް މަރުކަޒުތަކެއް ކަމަށާއި އެތަންތަނުން ހުރިހާ ޚިދުމަތެއް ނުދެވޭ ކަމަށެވެ.

”އަޅުގަނޑުމެން ފޮނުވާ އެމްބިއުލާންސް ރަށުތެރޭގައި ނުދުއްވިގެން ވެސް އުދަނގޫ ތަކެއް ނުވާނެ، ބަގީ އެމްބިއުލާންސްގައި ވެސް ހުންނާނެ ފަރުވާ ދެވޭގޮތަށް އެކަމަކު އެތި ކުޑަވެފައި ރަށުތެރޭގައި ދުއްވަން ތަންކޮޅެއް ފަސޭހަވާނެ،” ނަސީމް ވިދާޅުވިއެެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ އެމްބިއުލާންސް ސަޕްލައި ކުރުމަށްޓަކައި ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެސްޓީއޯ އާއެވެެ. އެ ޕްރޮޖެކްޓް ނިންމައި، 96 އެމްބިއުލާންސް ރާއްޖެ ގެނެސް އެތަކެތި މިހާރު ވަނީ ރާއްޖޭގެ ރަށްރަށަށް ފޮނުވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top