ދިވެހިންގެ މެދުގައި މިހާރު އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ ލަވަކިއުންތެރިޔާ ސަނަމްޕޫރީ އޭނާގެ ބޭންޑާއެކު މިޖުލައިމަހުގެ 25 ގައި މާލޭގައި ޝޯއެއް ދޭގޮތަށް ހަމަޖެހިއްޖެއެވެ.
ޓޫރިޒަމްމިނިސްޓަރ އަދީބު ރޭ ކުރެއްވި ޓްވިޓެއްގައިވަނީ ރާއްޖޭގެ ގިނަ ޒުވާން އަންހެންކުދިންނާ ފިރިހެންކުދިންގެ އެދުމުގެމަތިން ސަނަމްބޭންޑް ރާއްޖޭގައި ޕާފޯމްކުރުމަށް ހަމަޖެހިފައިވާކަމުގައެވެ.
25 ޖުލައިގާ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި އޮންނަ މިޝޯވއަކީ “ވިޒިޓް މޯލްޑިވްސް އިޔަރ މިއުޒިކްފެސްޓިވަލް ގެ އިންޑިޕެންޑެންސް ޑޭ އެޑިޝަން ‘ގެ މުނާސަބަތުގައި ބޭއްވޭ ޝޯއެކެވެ.
އެސްކިއުއެސް ސުޕަރސްޓާރސްގެ ނަމުގައި2010ވަނައަހަރު އުފެދުނު މިބޭންޑްގެ ނަން “ސަނަމް” އަށްް ބަދަލުކޮށްފައިވަނީ އެގްރޫޕްގެ ލީޑް ލަވަކިއުންތެރިޔާ ސަނަމްފޫރީގެ ނަމާ ގުޅުވައިގެންނެވެ.
މި ބޭންޑްގެ މަޝްހޫރު ލަަވަތަކުގެ ތެރޭގައި 1960ގެ އަހަރުތަކުގެ ރީތި ހިންދީ ލަވަތައް ކަމުގައި ވާ ފިލްމް ދިއްލީ ކާޓަގްގެ ޔެރާތޭ ޔެމޯސަމްއާއި އާޕްކީނަޒްރޯންމެ ސަމްޖާފަދަ ލަވަތަކުގެ އިތުރުން ފަހުގެ ލަވަތައް ކަމުގައިވާ އިޝްގުބުލާވާއާއި ޖާންތާތާ ފަދަ ލަވަތަކާ ބޭންޑް އަމިއްލަ ލަވަވެސް ހިމެނެއެވެ.