“ޓީމް އޭދަފުށި’ގެ ކުޅުންތެރިން
“ރަމަޟާން ނެޓްބޯޅަލީގު”ގެ ރޭ ކުޅެވުނު “ޓީމް އޭދަފުށި” އާއި ފިއޮންޓީ ސީނިއަރސް ބައްދަލުކުރި މެޗް 32-18 އިން އޭދަފުށި ބަލިވެއްޖެއެވެ.
ސޯޝަލް ސެންޓަރުގެ ނެޓްބޯޅަކޯޓްގައި ކުޅެވުނު މި މެޗުން ބަލިވިޔަސް އޭދަފުށީގެ ކުޅުންތެރިންތިބީ އުންމީދު ކަނޑާލައިގެން ނޫނެވެ. ޓީމްގެ މިހާރުގެ އަމާޒަކީ އާދީއްތަ ދުވަހުގެރޭ ބައްދަލުކުރާ އެމްއެޗް ލެގާރޒް ގެ މެޗް ކާމިޔާބުކުރުމެވެ. އެމެޗް ކާމިޔާބުކުރުމަށް ހުރިހާ ކުޅުންތެރިންވެސްތިބީ ވަރުގަދަ އަޒުމެއްގައި ކަމަށާ އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނެކަމަށް ޓީމްގެއޮފިޝަލަކު އީވީއަށް މައުލޫމާތު ދިނެވެ.
އާދީއްތަ ދުވަހުގެރޭ 10 ޖަހާއިރު މިމެޗްވެސް އޮންނާނީ ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ކޯޓްގައެވެ.