އެކުވެރިކަމުގެ މެޗެއްގައި އޭދަފުށީ ވެޓެރަންސް ފުޓްބޯޅަ ޓީމް އަނަންތާރާ ކިހަވައް ރިސޯޓާއެކު ކުޅެ 5-10ގެ ބޮޑު ތަފާތަކުން ވެޓެރަންސް ޓީމް މޮޅު ވެއްޖެއެވެ.
މި މެޗަކީ އަންނަމަހު ކުރީކޮޅު މާލޭ ވެޓަރަންސް ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅެމުން އަންނަ ސިލްސިލާ މެޗުތަކުގެ ތެރެއިން މެޗެއްކަމަށް އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެނޭޖަރު އަހްމަދު ނާސިރު ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ މާލޭގެ މެޗަށް ތައްޔާރުވާން ދެން އެކުވެރިކަމުގެ މެޗެއް އެންމެ އަވަހަށް ކުޅޭނީ ޑުސިޓްއާ އެކު ކަމަށެވެ. މާލޭ މެޗަށް ތައްޔާރުވާން މިހާތަނަށް އެކުވެރިކަމުގެ ފަސް މެޗު ވަނީ ކުޅެފަ އެވެ.
އޭދަފުށީ ވެޓަރަންސް ޓީމުން ވަނީ މިދިޔަ އަހަރު މޯލްޑިވްސް ސޮކާ މޭޓްސް އާ އެކު އޭދަފުށީގައި ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ.
ނާސިރު ވިދާޅުވީ އަންނަމަހު މާލޭ ވެޓަރަންސް ޓީމާއެކު ކުޅޭ އެކުވެރިކަމުގެ މެޗަކީ އަންނަ އަހަރު މެލޭޝިޔާގައި އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ޓީމުން ކުޅެމުން އަންނަ މެޗުތަކުގެ ތެރެއިން މެޗެއް ކަމަށެވެ.