ލުއިސް ސުއަރެޒް

suirez.jpg

އަހްލާގީ މައްސަލަތަކާއި ހެދި މިީޑިޔާގެ ފާޑުކިޔުންތައް އަމާޒުވިނަމަވެސް ސުއަރެޒް ދަނީ ދަނޑުމަތީގައި އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދެމުންނެވެ. އުމުރުން 19 އަހަރުގައި ނެދަލޭޑްސްގެ އާދައިގެ ކްލަބަކަށް ގެންދިއުމުގެ ކުރިން އުރުގުއޭގައި ކުޅެމުން ގެންދިޔަ ސުއަރެޒްގެ ޢަމަލުތައް އޭރު ހުރިގޮތުން އޭނާ އަކީ “ސީރިއަސް ފުޓްބޯޅަ” ކުޅޭ ކުޅުންތެރިއެއް ނޫންކަމަށް އޭރުގެ ކޯޗް ސިފަކުރިއެވެ. އުރުގުއޭގައި ކުޅުނު އިރު އުމުރުން އެންމެ 15 އަހަރުގައި ރެފްރީ ގައިގައި ޖަހައިގެން ރަތްކާޑު ހޯދުމާއި ގެއިން ބޭރުގައި ޕާޓީ ކޮށްގެންވެސް ސުއަރެޒް އަށް ވަނީ އަބަދު ލިބިފައެވެ. ނަމަވެސް ގޯލް ޖެހުމާއި، ކޮށްޓުމާއި ނެއްޓުމުގެ މޮޅު ހުނަރުގެ ސަބަބުން ނެދަލޭންޑްސްގެ އަޔެކްސް އިން 7.5 މިލިއަން ޔޫރޯއަށް ސުއަރެސް ގެންދިޔައެވެ. އަޔެކްސްގައި އޭނާ ހޭދަކުރި ދުވަސްވަރުގައި ވަނީ ކްލަބްގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، އެ ކުލަބަށް 100 ގޯލް ކާމިޔާބު ކޮށްދިން މަދު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ.

އަޔެކްސްގައި ދެއްކި މޮޅު ކުޅުމާއެކު އޭނާ ގެންދަން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މަސައްކަތް ފެށިއެވެ. މި ރޭހުގައި ކާމިޔާބު ހޯދީ އިނގެރޭސިވިލާތުގެ ލިވަޕޫލްއެވެ. 2011 ވަނަ އަހަރު އެކުލަބަށް އޭނާ ގެންދިޔައީ 22.8 މިލިއަން ޕައުންޑަށެވެ. ލިވަޕޫލްއާއި އެކު ސުއަރެޒް ވަނީ 2012 ވަނަ އަހަރުގެ ކެޕިޓަލް ވަން ކަޕް ހޯދާފައެވެ. ލިވަޕޫލަށް މި ސީޒަނުގައި ގިނަ ގޯލް ކާމިޔާބުކޮށްދެމުންދާ ސުއަރެޒް ހިފެހެއްޓުން ޕްރިމިއަރ ލީގުގެ ޓީމްތަކަށް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

އުރުގުއޭގެ ޓީމްގައި މިފަހަރުގެ ވޯލްޑްކަޕްގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ސުއަރެޒް އަކީ އެޤައުމަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔާވެސް މެއެވެ. މީގެ އިތުރުން 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އުރުގުއޭ ކާމިޔާބު ކުރިއިރު އެމުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދީ ސުއަރެޒްއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top