ނަފްސާނީ ހުރިހާ ބައްޔެއްގެ ފަރުވާ އާސަންދައިން ދެނީ

muizzz-1140x570-1.jpg

އަންނަ ޖަނަވަރީ މަހުން ފެށިގެން, ނަފުސާނީ ބަލިތަކުގެ ހުރިހާ ޚަރަދެއް އާސަންދައިން ދޭ ގޮތަށް ސަރުކާރުން ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި ޕަސެންޓެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެން ވެސް ހަމަޖެހިފައި ނެތުމަކީ ހައިރާން ވެސް ވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

”އަޅުގަނޑުމެން އެކަމުގައި ހައިރާންވެފައި މިތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް ޖެނުއަރީ އެކަކުން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސާނަން.“ ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މިހާރުވަނީ، ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް ފެބްރުއަރީ 21، 2024ގައި ގާއިމުކޮށްފައެވެ. އެ ހެލްޕްލައިންގެ ގޮތުގައި ގުޅާ ނަންބަރަކީ 1677އެވެ.

ނަފުސާނީ ބަލީގެ ފަރުވާއަށް، އާސަންދައިގެ ތެރެއިން ވަކި މިންވަރެއް ހަމަޖެއްސުން 2020ގައި ފެށިއެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ފުރަބަންދުވެ، ނަފުސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުންތައް ވެސް އިތުރުވުމާ ގުޅިގެންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top