ކެރެޓްމިކްސް ޖޫސް: ދުޅަހެޔޮކަމާއެކު ދެމިހުރުމަށް

made-carrot-elixir-and-live-up-to-100-years.jpg

އުމުރުން ދުވަސްވާވަރަކަށް ހަށިގަނޑަށް އަންނަ ބަދަލުތަކާއެކު އެކިވައްތަރުވައްތަރުގެ ބަލިތައްވެސް ހަށިގަނޑަށްހަމަލާދެއެވެ. މިފަދަބަލިތަކުން ސަލާމަތްވެ ގިނަދުވަހު ފުރިހަމަސިއްހަތުގައި ހުރުމަށް ހަމަކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

މިގެނެސްދެނީ މިފަދަބަލިތަކުން ސަލާމަތްވެ ދުޅަހެޔޮކަމާއެކު ހުރުމަށް އެހީވެދޭނެ ވަރަށް ރަނގަޅު ޖޫހެކެވެ.

ބޭނުންވަނީ :

2 ސެންޓިމީޓަރ ދިގުމިނުގެ އިނގުރުކޮޅެއް
4 ކެރެޓް
3 އާފަލު
ބައިޖޯޑު ލުނބޯހުތް

ތައްޔާރުކުރާގޮތް: ހުރިހާ އެއްޗެތި ބްލެންޑަރަކަށް އަޅައިގެން ހިމުންވަންދެން ރަނގަޅަށް އެއްކޮށްލުމުން އެހެރީޖޫސް ތައްޔާރުވެފައެވެ. ކޮންމެ ދުވަހަކު ހެނދުނު ނާސްތާގެ ކުރިން މީގެ ޖޫސްތައްޓެއް ބޯލާށެވެ.

އިނގުރު : އިނގުރަކީ ކޮލޮސްޓްރޯލް ލެވެލް ދަށްކޮށްދިނުމުގެ އިތުރަށް ބަނޑުގެ ބަލިތަކާއި ހަށިގަނޑުގެ އެތެރޭގެ ފާރުތައް ރަނގަޅުކުރުމާއި ހަޖަމުކުރުމުގެ ނިޒާމާއި ބޮލުގައިރިއްސުމާއި މައިގްރޭން ހުންނަ މީހުންނަށްވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ.

ކެރެޓް : ހިތުގެ ބަލިތަކާއި ހިރުގަނޑާއި ދަތްތަކުގެ ރައްކާތެރިކަމަށްވެސް ނުހަނު ބޭނުންތެރި އެއްޗެކެވެ. ލޮލުގެ ފެނުން ރަނގަޅުވުމާއި ހަމުގެ ބަލިތަކުން ދިފާއުކޮށްދިނުންވެސް ހިމެނެއެވެ.

އާފަލު : އާފަލުން ލިބޭ ފައިދާތައް އެންމެންނަށްވެސް އެނގެއެވެ. އެ ފައިދާތަކުގެ އިތުރަށް އާފަލަކީ ކިޑްނީއާއި ލިވަރއަށްވެސް ރަނގަޅު ފަރުވާއެކެވެ. އަދި ލޭމައްޗަށްދިއުމާއި ލޭގެ ހިނގުން ރަނގަޅުކޮށްދީ ސްޓްރެސް ލުއިކޮށްދިނުމާ ފަލަވުމުންވެސް ސަލާމަތްކޮށްދެޭ އެއްޗެކެވެ.

ލުނބޯ : ލޭގެ ޕްރެޝަރދަށްކުރުމަށާއި ރާއްޖެބައްޔާ ތަންތަނަށްތަދުވުމާއި ތަދުއެރުން ހުއްޓުވައިދީ އިންފެކްޓްވުމުން ސަލާމަތްކޮށްދިނުމުގައި ލުބޯއަކީ ރަނގަޅު ބޭހެކެވެ. އަދި ރޯގާއާއި އަގައިގެ ބަލިތައްވެސް އަވަހަށް ފަސޭހަ ކޮށްދޭ އެއްޗެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top