ފެނަކަ ހިންގުން މުއާޒަށް

ELfa67dAGNyVhc0huvj10zJd6PK012PKNPloFFkK.webp

ރާއްޖެތެރޭގެ ގިނަ ރަށްރަށުގެ އިންޖީނުގެތައް ހިންގުމުގެ ޒިންމާ އަދާކުރާ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މަޖިލީހުގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު އައްޔަންކޮށްފިއެވެ.

ފެނަކައަކީ ރައީސް ސާލިހުގެ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަން ހިންގާފައިވާ ކުންފުނި ކަމަށް ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ދައްކައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވި މުއާޒަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރު ވެސް މެއެވެ.

ފެނަކައިގެ ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާއިރު އެ ކުންފުނީގެ ދަރަނިވެސް ވަނީ 1.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top