ޑޮލަރު ލިމިޓް އުވާލުމުގެ މަަސައްކަތް ވަނީ ފަށާފައި :ރައީސް

ތކ.jpg
ބޭންކް އޮފް މޯލްޑިވްސް ގެ ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގަ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޭންކުތަކުން ތައާރަފްކުރި ލިމިޓުގެ ދަށުން، ޑެބިޓް ކާޑުން މަހެއްގެ މައްޗަށް ގިނަވެގެން ނެގެނީ 250 ޑޮލަރު ނުވަތަ އެއަދަދާ އެއްވަރުގެ މުއާމަލާތެވެ. ކްރެޑިޓް ކާޑަކުން ކުރެވެނީ ގިނަވެގެން 750 ޑޮލަރުގެ މުއާމަލާތެވެ.

ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކާޑުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމުން އެތައް ބަޔަކަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންވެ އެ ކަން އެމަނިކުފާނުގެ ވެރިކަމެއްގައި އުވާލައްވާނެ ކަމަށެވެ. އެއިރު ރައީސް މުއިއްޒު ވިދާޅުވީ، އެކަން ކުރައްވާނީ ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކުރައްވައިގެން ކަމަށެވެ.

ތުރުކީގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރޭގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ނެގޭ އަދަދު ލިމިޓު ކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ވާހަކަ އެމީހުން ވަނީ ރައީސް އާ ހިއްސާކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top