ކްލާސްރޫމްތައް ފިނިކުރަން ވެސް ފެނަކައަށް

hbn-7.jpg

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރަން ސަރުކާރުން ކުރިއަށް ގެންދާ “ކޫލް ސްކޫލް” ޕްރޮޖެކްޓްވެސް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

މިހާރުވެސް ކުންފުންޏަށް ނުތަކާވަރަށް ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާ އިރު ހަމައެކަނި ސަރުކާރުގެ ތިން ކުންފުންޏަށް ހުރިހާ ޕްރޮޖެކްޓްތަކެއް ދީގެން މަސައްކަތްތައް ކުރިއަށް ނުދާކަމުގެ ޝަކުވާތައް އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބުރާސްފަތިދުވަހު ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޕްރޮޖެކްޓް ފެނަކައާ ހަވާލުކުރީ އަންނަ އަހަރުގެ ކުރިން ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށެވެ. މި ޕްރޮޖެކްޓް ފެށީ މިދިޔަ އަހަރުގެ ޖޫން 2 ގައި ކ. ހިންމަފުށީ ސްކޫލުންނެވެ.

ކްލާސްރޫމްތައް ފިނިކުރަން ސަރުކާރުން ޕްރޮޖެކްޓެއް ކުރިއަށް ގެންދާ އިރު، މިކަމަށް އެކި ފަރާތްތަކުން އަންނަނީ އެހީތެރިކަން ވެސް ފޯރުކޮށް ދެމުންނެވެ. އެގޮތުން ބައެއް ކައުންސިލްތަކުން ވެސް ކްލާސްރޫމްތަކެއް އޭސީކޮށް ދީފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top