”ޕިންކް ރިބަން ވޯކް” އޭދަފުށީގައިވެސް ބާއްވާނެ

viber-image.jpg

ކެންސަރ ސޮސައިޓީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އުރަމަތީ ކެންސަރާއި ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ “ޕިންކް ރިބަން ވޯކް” ފާހަގަކުރުމުގައި އޭދަފުށިވެސް ބައިވެރިވާނެ ކަމަށް ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އޭދަފުށީ ބްރާންޗްގެ ސްޕޮންސަރާއެކު މި ހަރަކާތުގެ ފޯކަލް ޕޮއިންޓުންނަކީ އޭދަފުށި ކައުންސިލާ ބ.އަތޮޅު ހޮސްޕިޓަލް އެވެ. ހިނގާލުން ކުރިއަށް ދާގޮތުގެ ޗާޓެއްވެސް މިހާރުވަނީ އާއްމު ކޮށްފައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އޭދަފުށީގައި މި އިވެންޓް ފަށަން ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި ރަސްމީ ފާލަމާ ހަމައިންނެވެ.

އޭދަފުއްޓާއެކު ރާއްޖޭގެ 27 ރަށެއްގައި މި ހިނގާލުން ބާއްވައެވެ.

މި ހިނގާލުމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވާކަށް ނުޖެހޭނެއެވެ. ނަމަވެސް މި އިވެންޓަށް ހާއްސަކޮށްގެން ބީއެމްއެލްއިން ވިއްކާ ޓީޝާޓުތަކެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޓީޝާޓުތައް ވީހާވެސް ގިނަ ފަރާތް ތަކަކުން ގަތުމަކީ ވަރަށް އެދޭ ކަމެއްކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ޓީޝާޓް ތައް  ބ.އަތޮޅު ހޮސްޕިޓަލާއި އޭދަފުށީ ަކއުންސިލުގެ އިތުުން ބޭންކް ބަރާންޗުން ވެސް ގަންނަން ލިބޭނެއެވެ.

މި ޓީޝާޓުތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ކެންސާ ސޮސައިޓީއަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top