ރޯދައަށް ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަނީ

hbmn-1.jpg

ރޯދަ މަހާ ދިމާކޮށް ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެފި އެވެ.

ޕިއެސްއެމްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގުތައް އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ރޯދަ މަހު ކޮންޓްރޯލް އަގެއްގައި ލިބޭނެ ކަމަށާއި އަގުތައް ކޮންޓްރޯލް ކުރުމާއި ގުޅޭ މަސައްކަތްތައް މި ހަފުތާގައި ފެށިގެންދާނެ ކަމަށެވެ.

އެގޮތުން ރޯދަ މަހު އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި، އެތަކެތި ބޭނުންވާ މިންވަރު ދެނެގަނެ، މާކެޓަށް ނެރެވެން ހުރި މިންވަރު ބަލައި އިތުރަށް ބޭނުންވާ މިންވަރު ދެނެގަނެ އަގުތައް ކޮންޓްރޯލް ކުރާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ރޯދަމަހު ހާއްސަކޮށް ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގު ކޮންޓްރޯލް އަގެއްގައި ރައްޔިތުންނަށް އަގު ހެޔޮކޮށް އަތްފޯރާ ފަށެއްގައި ލިބޭނެ ކަމަށް،” އޭނަ ވިދާޅުވި އެވެ.

ބާޒާރަށް ނެރެވެން ހުރި އަދަދު އެނގުމުން ރާއްޖެއިން ބޭރުން ތަކެތި ގެންނަން ޖެހޭނަމަ އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތެއް ތައާރަފުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ “ހަފުތާ 14” ގައި ކަނޑައަޅުއްވާފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top