ޖޭޕީ އިން ކެމްޕޭނަށް ބ.އަތޮޅަށް

ghb-1.jpeg

އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓ (ޖޭޕީ) ގެ ޓީމެއް އިއްޔެ ބ..އަތޮޅަށާއި ރ.އަތޮޅަށް ހިނގައްޖެ އެވެ. އަތުވެއްޖެ އެވެ.

ޖޭޕީ އިން ބުނީ މިއީ ޕާޓީ އަށް މެމްބަރުން އިތުރުކުރުމާއި ޖަަގަހަ ހަރަކާތްތަކާއި ދޮރުންދޮރުން ހިނގުން ފަދަ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ކުރާ ކެމްޕޭން ދަތުރެއް ކަމަށެވެ.

އެ ޓީމުން ކުރާ ދަތުރުގައި ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކޮށް ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި، ރައްޔިތުންގެ ޝަކުވާތައް ދެނެގަތުމަށް މިޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާވެސް ކުރާނެއެވެ.

އޭގެ އިތުރުން ޖޭޕީގެ ރިޔާސީ ކެންޑީޑޭޓް ގާސިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ރަށްރަށުގައި ކުރިއަށް ގެންދާނެއެވެ.

މި ދަތުރުގައި ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ތަރުޖަމާން އަބްދުﷲ އަމީނާއި ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުﷲ ނަވާޒާއި ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެން އާއި ޕާޓީގެ ޒުވާނުންގެ ލީގްގެ ނައިބް ރައީސް ޝުއައިބް ޝިފާޒް ޝަރީފްގެ އިތުރުން ގޮއިދޫ ދާއިރާގެ ރައީސް އާދަމް ޝާފިއު ބައިވެރިވެވަޑައިގަންނަވަ އެވެ.

ޖޭޕީ އަކީ ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އެ ޕާޓީން ބުނާ ގޮތުގައި މިފަހަރު ޖޭޕީ މިއިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުންނެވެ.

ޖޭޕީން މިހާރު ވެސް ދަނީ ހއ. އއ. ރ އަތޮޅުގެ ބައެއް ދާއިރާތަކުގައި ޖޭޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top