“ޖަލަކް ދިކްލާޖާ 9 ޝޯ ”ޖެކޯލިން ، ޖަޖްކޮށްދެނީ ރެކޯޑް އަގަކަށް.

jacqueline-dishoom-759.jpg

ސްރީލަންކާގެ ރީތީގެ ރާނީ ޖެކޯލިންފެނާންޑޯ ، ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްލި ހިސާބުން އޭނާ ފަސްއެނބުރި ބަލައެއް ނުލައެވެ. ކާމިޔާބާއެކު މަޝްހޫރުކަމާ ފައިސާ ވެރިކަން ވެސް އައީ އޭނާގެ އަތުގައި ބޮސްދެމުންނެވެ.

މި އަހަރަކީ އޭގެ ތެރެއިންވެސް  ފާހަގަކުރެވޭ އަހަރަކަށް ވަނީ ވެފައެވެ. އަހަރު ފެށުމާއެކު  ރިލީޒްވި އޭނާގެ ފިލްމް “ހައުސްފުލް3 ” އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިފައިވާއިރު އެފިލްމަށް 100 ކުރޯޑަށްވުރެ ގިނަ ގިނަ ރުފިޔާ ލިބިފައިވެއެވެ. މިއަހަރު ޖުލައި 29ގައި ރިލީސްކުރި  އޭނަގެ ދެވަނަ ފިލްމް “ޑިޝޫން” މިހާރުވެސް ސިނަމާތަކުގައި ހައުސްފުލްވަމުން ދާއިރު އެފިލްމަށް މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި 70 ކުރޯޑު ރުޕީސް ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ފިލްމީ ދުނިޔޭގެ އިތުރުން އޭނާ މިހާރު ގެންދަނީ ޓީވީ ދާއިރާގައިވެސް ހަރަކާތްތެރިވަމުންނެވެ. އެގޮތުން މި ދުވަސްވަރު ޖެކޯލިންގ އާމެދު ޝައުގުވެރިކަން އިތުރުވެފައިވަނީ  “ކަލަރސްޓީވީ ” އިން ދައްކަމުންގެންދާ ނެށުމުގެ ޝޯއެއްކަމުގައިވާ “ޖަލަކް ދިކްލާޖާ 9 ” ގެ  ޖަޖެއްގެ ގޮތުން އޭނާ ފެނިގެންދާތީއެވެ. އެއީ އެއް ވެސް ނޫނެވެ. އެޝޯ ހުށަހަޅައިދިނުމަށް އޭނާ ޗާޖްކުރާ ރޭޓްގެ ސަބަބުންނެވެ.  މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ”ކިކް”ގެ އެކްޓްރެސް ޖަކޯލިން ފެނާންޑޯ މި ޝޯ ޖަޖް ކޮށްދެނީ އެޕިސޯޑެއް އެއްކުރޯޑު ރުޕީސް އަށެވެ.

ޖަކޯލިންގ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޓައިގަރޝްރޮފް އާއެކު ކުޅެފައިވާ ފިލްމް ” ފްލައިންގޖެޓް އިންނެވެ. ރެމޯ ޑިސޫޒާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top