އަށް އަހަރުން އިތުރުވީ 16,897 ދިވެހިން

i_96903.png

ފާއިތުވި އަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް އިތުރުވީ 16,897 ދިވެހިންނާއި 33,527 ބިދޭސީން ކަމަށް މި އަހަރުގެ ބޯހިމެނުމުގެ މިހާތަނަށް އެއްކުރި ނަތީޖާ އިން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ ބުރާސްދަތި ދުވަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ނަތީޖާ އަށް ބަލާއިރު އޭރު ދިވެހިންގެ އާބާދީ އަކީ 338،434 ދިވެހިންނެވެ. އެ އަދަދު މިހާރު ވަނީ 355،331 އަށް އަރައިފަ އެވެ. އޭރު ބިދޭސީީންގެ ޖުމުލަ އަދަދަކީ 63،637 ނަމަވެސް މިހާރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދަކީ 97،164 އެވެ.

އެހެންވެ ރާއްޖޭގެ އާބާދީގެ ޖުމުލަ އަދަދަކީ 452،495 އެވެ. އެއީ 2014 ވަނަ އަހަރުގެ އާބާދީއާ އަޅާބަލާ 50,424 މީހުންގެ އިތުރުވުމެކެވެ.

އެމްބީއެސްއިން ބުނީ، އިއްޔެއާއި ހަމައަށް ގުނުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންގެ ތެރެއިން 89 ޕަސެންޓް ކަމަށެވެ. މިހާތަނަށް މައުލޫމާތު ނުލިބޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް އެމްބީއެސްއިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top