ބިއްލޫރިން ތަކެތިއުފައްދާ ސްޓޫޑިއޯއެއް ސޮނޭވާފުށީގައި

ސޮނޭވާފުށީގައި ހުޅުވި ގްލާސް ބްލޮވިންގ ސްޓޫޑިއޯ

ސޮނޭވާފުށީގައި ހުޅުވި ގްލާސް ބްލޮވިންގ ސްޓޫޑިއޯ

ބިއްލޫރިން އެކިވައްތަރުގެ ތަކެތި އުފައްދާ ސްޓޫޑިއޯއެއް ސޮނޭވާފުށީގައި ހުޅުވައިފިއެވެ.އޭދަފުއްޓާ މޭލަކަށްވުރެވެސް ކައިރީގައި އޮންނަ މިރިސޯޓްގެ ވެރިޔާ ސޯނޫ ވިދާޅުވީ މި ތަނުގައި އެއްޗެތި އުފައްދަނީ އެ ރިސޯޓާއި ބ. އަތޮޅުގެ އެހެން ރިސޯޓްތަކުގައި ބޭނުންކޮށްފައި ހުންނަ ބިއްލޫރި ރިސައިކްލް ކޮށްގެންކަމުގައެވެ. ބޭނުމަކީ އުކާލާ ބިއްލޫރިބޭނުންކޮށްގެން ގެސްޓުން ބޭނުންވާކަހަލަ ރީތި ޑިޒައިނަކަށް އަގުހުރި އެއްޗެއް އުފެއްދުން ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ސްޓޫޑިއޯގައި “ގްލާސްބްލޮވިންގ”ގެ މަސައްކަތްތައް ގެސްޓުންނަށް ދައްކާލުމާ އެމީހުން އެކަމުގައި ބައިވެރިވެވޭގޮތަށްވެސް ހަމަޖެހިފައިވެއެވެ.

ތިމާވެއްޓާ ރައްޓެހިގޮތަށް ފަރުމާކޮށްފައިވާ އަދި ތިމާވެއްޓަށް ވަރަށް ބޮޑު އިސްކަމެއްދީގެން ހިންގާ މި ރިސޯޓްގައި އުފެދޭ ކުނީގެ %80 ގެ ކުނި އެހެންގޮތްގޮތުން ރިސައިކަލްކޮށްގެން ބޭނުންކުރާކަމަށް ވިދާޅުވަމުން އެއީ އޭނާއަށް ލިބޭ ވަރަށްބޮޑު ފަޚްރެއްކަމާއި ބ. އަތޮޅުގެ ރިސޯޓްތަކުން އެކަނިވެސް ފަސްޓަނަށްވުރެ ގިނަ ބިއްލޫރި އުކާލާކަމަށް ވިދާޅުވިއެވެ.

ސޯނޫ ރާވާފައިވަނީ މި ދާއިރާއަށްޚާއްސަ މައުރަޒުތަކާ ޓްރޭނިންގކްލާސްތަކެއް ހިންގުމާއެކު އަހަރަކު އެއްފަހަރު ބޮޑު މައުރަޒެއް ބާއްވާގޮތަށެވެ.

މިދިޔަ އޮގަސްޓްމަހު ހުޅުވި މި ސްޓޫޑިއޯގައި ބައިވެރިވެ މަސައްކަތް ދަސްކުރުމުގެ ފުރުސަތު ދިވެހިންނަށްވެސް ހުޅުވާލާފައިވާކަމަށް ސޯނޫ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top