ރައީސުލްޖުމްހޫރިއްޔާ އަބްދުﷲޔާމީން މިއަދު ބ.ގޮއިދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ގޮއިދޫ ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: އީވީ

ރައީސުލްޖުމްހޫރިއްޔާގެ ގޮއިދޫ ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: އީވީ

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ބ. ގޮއިދޫއަށް ވަޑައިގެންފިއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގޮއިދޫގެ ބައެއް ރައްޔިތުންގެ އިތުރަށް އޭދަފުށީ ފެނަކައިގެ ބައެއް މުވައްޒަފުންނާ އަތޮޅުކައުންސިލާ ރަށުކައުންސިލްގެ ބައެއްމެންބަރުންވެސް އެރަށަށްވަޑައިގެން ތިއްބެވިއެވެ

ރ. އަތޮޅަށާ ނ. އަތޮޅަށް އިއްޔެ ފެއްޓެވިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ގޮއިދޫއަށް ވަޑައިގެން އެރަށުގައި ޕީޕީއެމް އެމްޑީއޭގެ ސަޕޯޓަރުންގެ ފަރާތުން ތައްޔާރުކޮށްފައިވާޖަގަހައެއް ހުޅުވައިދެއްވިއެވެ.

މިޖަގަހަ ހުޅުވައިދެއްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި މިޖަގަހައިން، ސަރުކާރުންކުރާ ކަންތަކުގެ މައުލޫމާތު އޮޅޭގޮތަށް ދައްކަމުން ގެންދާ ވާހަކަތަކުގެ ތެދުމައުމޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

ޒުވާނުންނަށް ނިސްބަތްކޮށް ވިދާޅުވީ ޒުވާނުން ބިނާކުރުމަށް ކުރައްވާ އިންވެސްޓްމެންޓަކީ މުސްތަގްބަލަށް ކުރެވޭ އިންވެސްޓްމެންޓެއްކަމުގައާއި ޒުވާނުންގެ ކުރިއެރުން ބަަނަކޮށް ބިކަކޮށް ޖަލުގެ ތޭރިތަކުގެ ތެރެއަށް ފޮނުވާލުމަށް މަސައްކަތް ކުރައްވާތަން ވަނީ އަޅުގަނޑުމެންނަށް ފެނިފައިކަމަށް ވިދާޅުވިއެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރު ސިޔާމްވެސް ވާހަކަ ދެއްކެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top