ފެހެންދޫ ކުދިން ސްކޫލަށް ދިއުމަށް އުފުލަންޖެހޭ ބުރަ ، ރައީސް އާއި ހަމައަށް

large_15561063767YrNk.jpg

ފެހެންދޫ ކައުންސިލުން ރައީސާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ބ.ފެހެންދޫ ސްކޫލްގެ ދަރިވަރުން ސްކޫލަށް ދިއުމަށް އެކުދިންގެ ރަށުން ގޮއިދޫ ސްކޫލަށް ދިއުމަށް ކުރަންޖެހޭ ދަތުރު ކުރުމަށް ދިމާވެފައިވާ ދަތިތަކާބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަށު ކައުންސިލުން ހިއްސާ ކޮށްފި އެވެ.

ފެހެންދޫ ސްކޫލުގައި އެކަށީގެންވާ އަދަދަކަށް ކިޔަވާ ދަރިވަރުން ނެތްކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވަނީ އެކުދިން ޑިންޑީއެއްގައި ދަތުރުކޮށްފައި ގޮސް އެއްފަޅުގައި ޖެހިގެން އޮތް ގޮއިދޫ ސްކޫލުން ކިޔެވޭ ގޮތަށެވެ.

ފެހެންދޫ ކައުންސިލުން މިއަދު ރައީސް އާ ބައްދަލު ކޮށް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން ރަށުގައި ރަނގަޅު ފެންވަރުގެ މިސްކިތެއް ނެތުމުން ރައްޔިތުންގެ ކަންބޮޑުވުން ވެސް ވަނީ ރައީސްގެ ސަމާލު ކަމަށް ގެނެސްފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންތައް ފުއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ފެހެންދޫ ކައުންސިލުން އެދިފައިވާ ކަންކަން އެކަންކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top