މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދޭން ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައިފި

b_lv1eOvuGfCvg9p2UAXp95sJOS.jpg

ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން----ފޮޓޯ: މަޖިލިސް އިދާރާ

ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދޭން ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައިފި އެވެ.

ސަޕްލިމެންޓްރީ ބަޖެޓުން މީޑިއާތަކަށް ފައިސާ ކަނޑައަޅަން ބަޖެޓު ދިރާސާކުރި ކޮމިޓީއަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. ޝަރީފުގެ ހުށަހެޅުމަށް ތާއީދުކުރެއްވީ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ސަޕްލިމެންޓްރީ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭން ހިމަނާފައިވާއިރު ދައުލަތުގެ ބަޖެޓުން ވަކި ހަމައަކުން މީޑިއާތަކަށް ފައިސާ ދިނުމަކީ ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި މީޑިއާއަށް ފައިސާ ދިނުމަށް ހިމަނާފައިނުވާތީ އެ ފައިސާ ހިމަނަން ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް މިދިޔަ އަންގާރަ ދުވަހުގެ ރޭ މުއިއްޒު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top