ގައުމީ ޤުރްއާން މުބާރާތް އަންނަ އަހަރު ކުރީކޮޅު ބާއްވާނެ

bh.jpg

ރާއްޖޭގެ ގައުމީ ޤުރްއާން މުބާރާތް، އަންނަ އަހަރު ކުރިކޮޅު ބާއްވާން ނިންމާފައިވާކަމަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ބުނެފި އެވެ.

އެމަރުކަޒުން ބުނީ 36 ވަނަ ގައުމީ ޤުރްއާން މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ފެބްރުއަރީ 23 އިން މާޗް 2 އަށް ކަމަށެވެ.

އެމަރުކަޒުން މައުލުމާތު ދިން ގޮތުގައި މުބާރާތް ކުރިއަށް ގެންދާނީ ތިން ގިންތިއަކަށެވެ. އެއީ ހާފިޒުންގެ ބައި، ސްކޫލު ކުދިންގެ ބައި، އަދި މުއައްސަސާތަކުގެ ބައެވެ. އަދި މި މުބާރާތުގެ ކިޔެވުން ވެސް ކުރިއަށް ދާނީ ތިން ބަޔަކަށެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައިގެ އިތުރުން، ހާފިޒުންގެ ބައެވެ. މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުހެ ވެބްސައިޓް chq.gov.mv އިން ލިބޭނެ އެވެ.

ގައުމީ ޤުރުއާން މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި 35 ވަނަ މުބާރާތުގައި 121 މުއައްސަސާއަކުން 1،022 ބައިވެރިން ވާދަކުރި އެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވަން ފެށީ 1980 ވަނަ އަހަރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top