ފިކްސްލައިންއިންޓަނެޓް ޚިދުމަތްދިނުމުގެހުއްދަ އުރީދޫއަށް

ފިކްސްލައިން އިންޓަނެޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އުމަރު

ފިކްސްލައިން އިންޓަނެޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އުމަރު

ފިކްސްލައިންއިންޓަނެޓްގެ ޚިދުމަތްދިނުމުގެހުއްދަ އުރީދޫއަށް ސަރުކާރުން ދީފިއެވެ.ކޮމިއުނިކޭޝަން އޮތޯރިޓީގައި މިކަމަށް އޮތް ރަސްމިއްޔާތެއްގައި އުރީދޫއަށް ލައިސަންސް ހަވާލުކޮށްދެއްވާފައިވަނީ ހޯމް މިނިސްޓަރ އުމަރުނަސީރުއެވެ.

މި ލައިސަންސް އުރީދޫއަށް ލިބިފައިވަނީ ރާއްޖޭގައި އިތުރު ފަރާތަކުން ފިކްސްލައިން އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފަައިވާ ފަރާތްތަކުން އެންމެރަނގަޅު ހުށަހެޅުމެއް ހުށަހެޅީ އުރީދޫން ކަމުގައިވާތީއެވެ.

ލައިސަންސް ހަވާލުކުރެއްވުމަށްފަހު މިނިސްޓަރ ދެއްކެވިވާހަކައިގާ ވިދާޅުވީ އުރީދޫއަށް ލައިސަންސް ދިނީ ހުށަހަޅާފައިވާ ޕްރޮޕޯސަލަށް ބެލުމަށްފަހު ޚިދުމަތްދިނުމަށް ރާވާފައިވާ ޕްލޭންގެ ހަލުވި މިނަށްވެސް ބަލައިގެންކަމުގައެވެ.
“އިންޓަނެޓަކީ މިއަދު ރާއްޖޭއަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތެއްކަމުގައިވުމުން ސަރުކާރުން އުންމީދު ކުރަނީ ތިންވަނަފަރާތަކަށް ލައިސަންސްދިނުމުން ވާދަވެރި މާހައުލެއް އުފެދި އަގުތަކަށްވެސް ހެޔޮ ބަދަލެއްއަންނާނެ” ކަމުގައެވެ.

މިނިސްޓަރވިދާޅުވީ އުރީދޫން މާލޭގެ ގެތަކަށް ވަކިމުއްދަތެއްގެތެރޭގައި އިންޓަނެޓް ފިކްސްލައިންގެ ޚިދުމަތް ދޭންޖެހޭނެކަމަށާއި ވަކިވަރެއްގެ އާބާދީއަށްބަލައި ވަކިމުއްދަތެއްގެ ތެރޭގައި މިޚިދުމަތް އަތޮޅުތެރެއަށް ވެސް ދޭންޖެހޭނެކަމަށާއި އެކަމުގެތަފްސީލު ފަހުން ހާމަކުރާނެ ކަމުގައެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ލައިސަންސާ ހަވާލުވި އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިގޮތުގައި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މާލެއަށް ޚިދުމަތް ދެވޭވަރު ވާނެކަމުގައެވެ.އަދި މުޅި ރާއްޖެއަށް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މިޚިދުމަތްދެވޭނެކަމުގައެވެ.

އިންޓަނެޓްގެ ޚިދުމަތް މިހާރު ރާއްޖޭގައި ދެމުންގެންދަނީ ދެ ކުންފުނިންނެވެ. އެއީ ދިރާގާއި ފޯކަސް އިންފޯކޮމްއިންނެވެ. ފޯކަސް އިންފޯކޮމުން ޚިދުމަތްދެމުން ގެންދަނީ މާލޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top