ހުކުރު ޚުތުބާއާއި ހުކުރުނަމާދު ކުރުކުރަން އަންގަވައިފި

DSCN1354.jpg

އޭދަފުށި މަސްޖިދުލް މުޢީނުންދީނުއްޘާނީ --އީވީ .ފައިލް ފޮޓޯ

ހުކުރު ޚުތުބާއާއި ހުކުރު ނަމާދުގައި ވީހާ ވެސް ކުރު ސޫރަތެއް ކިޔަން އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

މިއީވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ފިޔަވަޅެއްކަމަށް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

އެގޮތުން މި ހަފުތާގެ ހުކުރު ޚުތުބާ، އެހެން ހުކުރުތަކާ ހިލާފަށް މިފަހަރު ކުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމައެއާއެކު ކޮވިޑް-19 ގެ ހާލަތު ބަދަލުވަންދަން ހުކުރު ޚުތުބާ ކުރުކޮށް، ވީހާ ވެސް ކުރު ސޫރަތް ކިޔަން ނިންމާފައިވާ ކަމަށެވެ.

މާދަމާގެ ހުކުރު ޚުތުބާ ހާއްސަކޮށްފައިވަނީ ބަލި ހާލަތެއް މެދުވެރިވުމުން މުސްލިމުން އަމަލުކުރަންވީ ގޮތުގެ މައްޗަށެވެ.

ސައުދީ އަރަބިއާ އިން ވެސް މިހާރު ވަނީ ހުކުރު ނަމާދު 15 މިނިޓަށްވުރެ ދިގު ނުކުރަން އަންގައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top