ހިތާދޫ ހިދާ ޖަމިއްޔާގެ ކުޑަކުދިންގެ ޕާކު ހުޅުވައިފި

15349788_10155563893983047_6843575140645159735_n.jpg

ބ. ހިތާދޫ އައިލެންޑް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ( ހިދާ ޖަމިއްޔާ )އިން އެރަށުގައި ތަރައްގީ ކުރި ކުދަކުދިންގެ ޕާކު ހުޅުވައިފިއެވެ. އިއްޔެ ހަވީރު އެ ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައި ޕާކް ހުޅުވައިދެއްވީ ޖަމިއްޔާގެ ރައީސް އަބްދުއްރަޝީދުއާއި ނާއިބު ރައީސެވެ.

މި ރަސްމިއްޔާތުގައި ރައީސް އަބްދުއްރަޝީދު ވިދާޅުވީ ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރަންޖެހުނީ މިއީ ރަށުގެ ކުޑަކުދިންނަށް މިހާރުން މިހާރަށްވެސް ބޭނުންވެފައިވާ ޚިދުމަތެއްކަމަށް ދެކިގެން ކަމަށާ، މިކަމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ.

ރައިސް ރަޝީދު އިތުރަށް ވިދާޅުވީ ހަތަރު މަސްދުވަހުން މަސައްކަތް ނިންމާ ޕާކް ހުޅުވުނު އިރު މުޅި ޕްރޮޖެކްޓަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެވިފައިވާ ކަމުގައެވެ.

“ޚާއްސަ ގޮތެއްގައި މިދާއިރާގެ މެމްބަރު މިކަމަށް ވަރަށްބޮޑު އެހީއެއް ދެއްވި. އަދި ހިތްވަރުވެސް ދެއްވި. އޭގެ އިތުރުން ކައުންސިލާއި، އާންމު ރައްޔިތުންގެ ބައިވެރިވުންވެސް ވަރަށްބޮޑު”

15420877_10155563894578047_6116702175910485357_n

2008 ވަނަ އަހަރު އުފެދުނު ހިތާދޫ ހިދާ ޖަމްއިއްޔާއަކީ އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތް ތަކުގައި މިހާރަކަށް އައިސް ވަރަށް ބޮޑަށް ފާހަގަކުރެވޭ ޖަމްއިއްޔާއެކެވެ. ހިދާ ޖަމިއްޔާގެ އިތުރުން އެރަށުގައި ޔޫތު ވިންގްގެ ނަމުގައިވެސް ޖަމްއިއްޔާއެއް އޮވެއެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top