ހަވާއަރުވައޭ ކިޔައިގެން އޮޅުވާލީތަ؟

ހަވާއެރުވުމުގެ މަންޒަރެއް

ހަވާއެރުވުމުގެ މަންޒަރެއް

މިނިވަން50ގެ މުނާސަބަތުގައި އޭދަފުށީގައި އޮންނަ ޚާއްސަ ސްޓޭޖްޝޯއާއެކު އެރޭ އެސަރަހައްދުގައި ހަވާ އެރުވުން އޮންނާނެކަމަށް މިނިވަން50 ގެ އިންތިޒާމް ކޮމެޓިއިންވަނީ ވަރަށްބާރަށް ވަރަށްގިނަފަހަރު އެވާހަކަ ދައްކާފައެވެ. އެވަރުން ނުފުދިގެން އޭދަފުށިގައި ނުކުންނަ އޮންލައިން ނޫސްތަކަށްވެސް ވަނީ އެޚަބަރުދީފައެވެ.

މުޅިންއަލަށް އޭދަފުށީގައިކުރާ ކަމަކަށްވާތީ މިމަންޒަރު ބަލާލުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. ކުޑަކުދިންނަށް އެތަން ދައްކާލެވޭތީ މައިން ބަފައިންނާއި އެކުދިންވެސް ދިޔައީ ހަވާއަރުވާތަން ބަލާލުމަށް ތައްޔާރުވަމުންނެވެ. ވަގުތުތައް ގުނާލަގުނާލައެވެ. އެހެންނަމަވެސް ފަހުވަގުތު އިވުނީ ހަވާއެރުވުން ކެންސަލްވެއްޖެ ވާހަކައެވެ. އެއާއެކު އެންމެންނަށްވެސް ލިބުނީ ހައިރާންކަމެވެ.

މިވީ ކިހިނެއްތޯ ސާފުކޮށްލުމުގެ ގޮތުން ކޮމިޓީގެ މެންބަރު އަބްދުލްވާހިދުއާ ބައްދަލުކޮށްލުމުން ވިދާޅުވީ ހަވާއެރުވުން ކެންސަލްވީ މިވަގުތު ސްޓޮކްގައި މިރަށަށް ފޮނުވޭވަރަށް ހަވާނެތްވާހަކަ އެންގުމުން ކަމުގައެވެ..

“އަސްލު އޭރުރާވާފައި އޮތީ މާލޭގައި ބޭނުންކުރުމަށްފަހު އިތުރަށްް ހުރެއްޖެނަމަ މިރަށުގައި ހަވާ އަރުވާގޮތަށް. އެކަމަކު ރޭ މާލޭގައި އޮތް ރަސްމިއްޔާތުގައި ބޭނުންކުރުމަށްފަހު މިރަށަށް ފޮނުވާވަރަށް ނެތީ. “ވާހިދު ވިދާޅުވިއެވެ.

ވާހިދުގެ މިވާހަކަތަކާ ގުޅިގެން މިކަމާބެހޭ މާލޭގެ ތިންހަތަރު ފަރާތަކާ ގުޅާލުމުން އެއިންއެއްވެސް ފަރާތަކަށް އޭދަފުށީގާ ހަވާއެރުވުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާކަން އެނގިވަޑައެއްނުގެންނެވިއެވެ. އޭގެ މާނައިކީ މިއީ މިބައިމީހުން އަމިއްލައަށް ދައްކައިގެން އުޅޭވާހަކައެއް ނޫންބާއެވެ؟

ހަވާއެރުވުމަކީ އާދައިގެ ކަމެއްނޫނެވެ. އެއީސީދާ އެމްއެންޑީއެފްގެ ބެލުމުގެދަށުން ކުރާކަމެކެވެ. ބަޑިބޭސް ކަމަށްވާތީ ވަރަށް ރައްކާތެރިކަމާއެކު ގެންގުޅެން ޖެހޭ އެއްޗަކަށްވެފައި އެއްރަށުން އަނެއްރަށަށް އުފުލާނީވެސް ސީދާ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ. މިފަދަ ބޮޑުކަމެއް ކުރާނަމަ ސަރުކާރުގެ ނުވަތަ އަމިއްލަ މީޑިއާއަކުންނަމަވެސް މިވާހަކަ ހާމަ ނުކުރުމަކީ މިބައިމީހުން ދައްކައިގެން މިއުޅޭވާހަކައަކީ ތެދެއްކަމާމެދު ސުވާލު އުފެދޭކަމެކެވެ.

މިނޫނަސް މިނިވަން 50އާ ގުޅިގެން މިފަދަ ކިތަންމެ ވާހަކައެއްވެސް ވަނީ ފަތުރާފައެވެ. އޭގެ ތެރޭގައި ސަނަމްޕޫރީ އަންނަވާހަކަ އަކީވެސް ފާހަގަ ކޮށްލެވޭ ބޮޑުދޮގެކެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު