ހޯރަފުށީ ކައުންސިލުން އަނބު ދަނޑަކާއި ރުއްދަނޑެއް ހައްދަނީ

photo_2023-05-13_11-06-09-q6e2zf9mzi32e8gkyy2oroj4w8p4e7yvwq6kezhdhw.jpg

ހޯރަފުށީ ކައުންސިލުން ހައްދާ އަނބު ދަނޑުގައި މެންބަރު ސައްލެ އަނބު ގަހެއް އިންދަވަނީ، ފޮޓޯ: ހޯރަފުށީ ކައުންސިލް

ހއ.ހޯރަފުށީ ކައުންސިލުން އެރަށުގައި އަނބާއި ރުއް އިންދައި އާލާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯރަފުށީ ކައުންސިލުން ބުނީ އެ ކައުންސިލުން އެ ރަށުގައި އަނބު ފާމެއް ގާއިމުކޮށް، ރުއް ގަނޑެއް ހެއްދުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމުގައެވެ.

މިމަސައްކަތް ފައްޓަވައި ދެއްވީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލޭ) އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ.

ހޯރަފުށީ ކައުންސިލްގެ އަނބު ފާމްގައި 39 އަނބު ގަސް އިންދާފައިވާއިރު، ރުއްގަނޑެއް ހެއްދުމަށް 100 އަށްވުރެ ގިނަ ރުއް ވަނީ އިންދާފައެވެ.

މި އަނބު ފާމް އާއި ރުއްގަނޑު ހައްދަނީ ކުރިން އެރަށުގައި ކުނި އަޅައި ފުރާފައި އޮތް ގޮނޑެއް ސާފު ކުރުމަށް ފަހުއެވެ.

”އެތައް އަހަރެއް ވަންދެން ސާފު ނުކުރެވި އޮތް ސަރަހައްދު، ސާފުކޮށް ނަލަ ކުރެވުނީ އެމްޕީ ސަލީމްގެ އިސްނެންގެވުމުގެ މަތިން، ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާ ޒުވާނުންގެ ހިތްވަރާއެކު.” ހޯރަފުށީ ކަައުންސިލުން ވިދާޅުވިއެވެ.

ހޯރަފުށީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެރަށުގެ މަގުތަކުގައި 77 އަނބުގަސް އިންދާފަ އެވެ. އަދި އެރަށް ފެހި ކުރުމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން 44 އަނބު ގަސް އިންދިއެވެ.

ހޯރަފުށީ ކައުންސިލާއި، މެންބަރު ސައްލެ ގުޅިގެން 2020 ވަނަ އަހަރު އެރަށުގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ހިންގިއެވެ. މި ޕްރޮގްރާމްގެ ދަށުން 100 ބަނބުކެޔޮ ގަސް އިންދިކަމަށް އޭރު ކައުންސިލުން ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ހޯރަފުށީ ކައުންސިލުން މީގެ ކުރިން ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމަށް 100000 ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ހިންގިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top