އޭދަފުށި ކައުންސިލުގެ ފަސް ވަނަ ދައުރުގެ އިންތިޚާބީ ކައުންސިލަރުން މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އޭދަފުށީ މަލްޓިޕާޕަސްގެ ޖަލްސާކުރާ މާލަމުގައެވެ.
ކައުންސިލުގެ އިންތިޚާބީ މެންބަރުންނަށާއި އިންތިޚާބީ ރައީސް ޝާމީ އިބްރާހީމަށް މަގާމުގެ ހުވައިލައިދެއްވީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މަރްޔަމް އިފްހާމް ނާޝިދު އެވެ.
ކައުންސިލުގެ ރައީސާ އެކު އޭދަފުށީ ކައުންސިލްގައި ހިމެނެނީ ފަސް ކައުންސިލަރުންނެވެ. ފަސްވަނަ ދައުރަށް ހޮވުނު ކައުންސިލަރުންގެ ތެރެއިން ރައީސް ހިމެނޭގޮތަށް ދެ ބޭފުޅުންނަކީ އަލަށް އިންތިހާބުވެވަޑައިގަތް ބޭފުޅުންނެވެ.
އަލަށް އިންތިޚާބުވި އޭދަފުށީ ކައުންސިލުގެ ރައީސަކީ އޭދަފުށީ އަސަރީގެ ޝާމީ އިބްރާހީމެވެ. އިތުރު މެންބަރުންނަކީ އަލީ ޝަފީގު، އައަބްދުﷲ ރަޝީދު، ޒީމާ އިބްރާހީމް އަދި ނާޒްނީނާ ޔޫސުފެވެ.

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އަލަށް އިންތިޚާބުވި ރައީސާއި މެންބަރުން
ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި އޭދަފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އާ މެންބަރުން ވެސް މަގާމުގެ އިގުރާރުގައި މިއަދު ސޮއިކުރެއްވި އެވެ. އަންހެނުންގެ ކޮމިޓީގެ ރައީސަކީ ރީތާ އަބްދުއްރައްޒާގެވެ.
ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު، މިއަދު ބާއްވާ ފުރަތަމަ ބާއްވާ ޖަލްސާގައި ނައިބު ރައީސަކު ހޮވާނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު