މާރެސް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީއަށް ޓީމްތައް ދަތުރު ކޮށްފި

57870617_10156080857362882_1199047168443285504_n.jpg

ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.

ސެމީފައިނަލަށް ދަތުރު ކޮށްދައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ކަމަދޫ އާއި ކުޑަރިކިލުގެ އިތުރުން މާޅޮހެވެ.

ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ސެމީއަށް ގްރޫޕް އޭގެ އެއްވަނަ ޓީމަކީ ކަމަދޫއެވެ. ދެވަނަ ޓީމަކީ ކުޑަރިކިލެވެ.

ގްރޫޕު ބީގެ އެއްވަނަ ޓީމަކީ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫއެވެ. ދެވަނަ ޓީމަކީ މާޅޮހެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކަމަދޫ އާއި މާޅޮހެވެ. މިމެޗު އޮންނާނީ މާދަމާއެވެ. ސެމީގެ ދެވަނަ މެޗުގައި 26 ވަނަ ދުވަހު ބައްދަލު ކުރާނީ ގޮއިދޫ އާއި ކުޑަރިކިލެވެ.

މި މުބާރާތުގެ ފައިނަލު މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު މާޅޮހުގައެވެ.

މާޅޮސް މާރެސް ޖަމިއްޔާއިން ބ. އަތޮޅަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ ،ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top