ހުރިހާ ނަރުހުންގެ ޔުނިފޯމް، މަޑުފެހި ކުލައަށް!

310056552-480389450795514-6852060914285782994-n-1536x1152.jpg

ބ.ަތޮޅު ހޮސްޕިޓަލު ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފައި --- ފޮޓޯ: ބ.އަތޮޅު ހޮސްޕިޓަލް

ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ނަރުހުންގެ ޔުނީފޯމް މަޑުފެހި ކުލައަށް ބަދަލު ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން ވިދާޅުވީ މަސައްކަތުގައި އުޅޭއިރު ނަރުހުންނަށް ފަސޭހަވާނެ ގޮތަށް ޔުނީފޯމު ބަދަލުކުރަން ނިންމައި އެކަން ހުށަހެޅީ ނަރުހުންގެ ޖަމިއްޔާ އިން ކަމަށެވެ.

އެކަން ތަންފީޒު ކުރުމުގެ ގޮތުން ރަށްރަށުގެ ނަރުހުންގެ ޔުނީފޯމު، ހުދު ކުލައިން މަޑު ފެހި ކުލައަކަށް އަދި އެޓެންޑެންޓުންގެ ޔުނީފޯމު ނޫ ކުލަ އަށް ބަދަލުކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ނ. އަތޮޅާއި ބ. އަތޮޅު އަދި މ. އަތޮޅުގެ ބައެއް ރަށްރަށުގެ ނަރުހުން މިހާރު މަޑުފެހި ކުލައިގެ ޔުނީފޯމް އަށް ބަދަލުކޮށްފި ކަމަށް ވިދާޅުވި އެވެ.

ޔުނީފޯމު ބަދަލުކުރަނީ ނަރުހުންނާއި އެޓެންޑެންޓުންނަށް ލިބޭ ޔުނީފޯމު އެލަވަންސްގެ ތެރެއިންކަން ފާހަގަ ކުރައްވަމުން ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ސަތުފާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ހޮސްޕިޓަލްތަކެއްގެ ނަރުހުންގެ ޔުނީފޯމް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ އެޓެންޑެންޓުންގެ ޔުނީފޯމް ބަދަލުކޮށްފައި
— ފޮޓޯ: ބ.އަތޮޅު ހޮސްޕިޓަލް

ނަރުހުންގެ އެސޯސިއޭޝަނުން އެދިފައިވަނީ ރަށްރަށުގެ ނަރުހުންގެ ޔުނީފޯމް މަޑުފެހި ކުލައަކަށް ބަދަލު ކުރުމަށާއި އެޓެންޑެންޓުންގެ ޔުނީފޯމު ނޫކުލަ އަށް ބަދަލު ކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top