ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ކުރިން އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހޭ: ސީއެސްސީ ނައިބު ރައީސް

Ibrahim-Rasheed-qg20ilj0s0fuu779p8nchsqx5hhg8ptzjf5pd94mtw.jpg

ސީއެސްސީ ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު--ފޮޓޯ: ސީއެސްސީ

ކައުންސިލަރުންގެ މުސާރަ ބޮދު ކުރުމުގެ ކިރިން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ )ގެ ނައިބު ރައީސް އިބްރާހީމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ކައުންސިލް މެމްބަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ލަފާ ދީފައި ވަނިކޮށް، އިބްރާހިމް ރަޝީދު ނައިބު ރައީސް އިބްރާހިމް ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމުގެ ކުރިން ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ޖެހޭ ކަމަށެވެ.

ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ނަމުގައި %35 ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަށް އިތުރުވެގެން ދިޔަކަމުގައި ވިޔަސް މި އެލަވަންސްގެ ސަބަބުން އިދާރީ މުވައްޒަފުން ގެއަށް ގެންދާ މުސާރައަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ކޮމިޓީން ބަޖެޓު ކޮމިޓީ އަށް ލަފާ ދީފައި ވަނީ ކައުންސިލް ރައީސްގެ މުސާރަ 25،000ރ. އަށް ހެދުމަށާއި ނައިބު ރައީސުންގެ މުސާރަ 20،000ރ. އަދި ކޮންމެ މެމްބަރަކަށް 18،000ރ. އެއް ދިނުމަށެވެ.

މިހާރު ކައުންސިލް ރައީސްގެ މުސާރައަކީ މަހަކު 20،000ރ.އެވެ. ކައުންސިލްގެ ނައިބު ރައީސަށް މަހަކު، 15000ރ. ލިބޭއިރު މެމްބަރަކަށް ލިބެނީ 12،000ރ.އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top