އުރީދޫއިން ސަބްމެރިންކޭބަލަކުން މުޅިރާއްޖެ ގުޅާލުމުގެ މަސައްކަތްފަށަނީ

501544905.jpg

އުރީދޫގެ ފަރާތުން މުޅި ރާއްޖެ ސަބްމެރި ކޭބަލަކުން ގުޅާލުމުގެ މަޝްރޫއު މިނިސްޓަރ އުމަރު އިފްތިތާހު ކޮށްދެއްވަނީ . ފޮޓޯ : ސީއެން އެމް

ރާއްޖޭގެ މުވާސަލާތީ ޚިދުމަތުގެ އަގުތަކަށް އިންގިލާބީ ބަދަލުތަކެއް ގެނުވިކަމަށް ގިނަބަޔަކު ގަބޫލުކުރާ އުރީދޫއިން ސަބްމެރިން ކޭބަލަކުން މުޅިރާއްޖެ ގުޅާލުމުގެ މަޝްރޫއު ރޭ ހޮޓެލް ޖެންގައި އިފްތިތާހު ކޮށްފިއެވެ.

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ.

އުރީދޫން ބުނީ މިއީ ސަރުކާރުން އެކުލަވާލައްވާފައިވާ ބްރޯޑްބޭންޑްޕޮލިސީގެ ދަށުން ސާކް ސަރަހައްދުގައި އައިސީޓީގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމަށް ދިވެހި ރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވޭމަސައްކަތް ކާމިޔާބާ ހަމައަށް ވާސިލުވެވޭނެ ކަމެެއްކަމުގައެވެ.

އަދި މިމަޝްރޫއުގެ ދަށުން ސަބްމެރިން ކޭބަލަކުން މުޅި ރާއްޖެ ގުޅާލެވިގެންދާއިރު މަތީބޭންޑް ވިތްތަކަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކާ އުރީދޫގެ ނެޓްވޯކްގެ ކެޕޭސިޓީ އިތުރުވެ އުރީދޫއަށް މުޅިރާއްޖޭގެ އެކި ހިސާބުތަކަށް ބޭނުންވާ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފުރިހަމަ ނެޓްވޯކެއް ގާއިމުކުރެވިގެންދާނެކަމުގައެވެ.

25މިލިއަންޑޮލަރ ހޭދަކުރަން ނިންމާފައިވާ މަޝްރޫއުގެ ދަށުން ސަބްމެރިން ކޭބަލް އަޅާނީ ހުއާވޭ މެރިން100 ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް 1200 ކިލޯމީޓަރުގެ ސަރަހައްދަކަށްފެތުރިގެން ދާގޮތަށް ކަމަށާއި މި ސަބްމެރިން ކޭބަލްގެ ސަބަބުން ރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެގެން ދާނެކަމުގައިވެސް މި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ވާހަކަ ދައްކަވަމުން ބުނެފައިވެއެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެވަނައަށް ދޭން

ފެށި މިކުންފުނިން ބުނީ މިމަޝްރޫއު އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top