މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅައިފި

236318_3_87f748671b62fab23927efd8386aad71283b12bb_medium.jpg

ޒަކާތް ދެއްކުމަށް ގޮސްތިބި ބައެއް

ރާއްޖޭގައި މުދަލުޒަކާތް ވާޖިބުވާ ނިސާބުގެ އަދަދަށް ބަދަލު ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން މުދަލުޒަކާތް ވާޖިބުވާ ނިސާބަކީ 6878.20 ރުފިޔާ ކަމަށެވެ.

ނިސާބަކީ މުދަލުގައި އެމިންވަރެއް ހަމަވުމުން ޒަކާތް ވާޖިބުވާ މިންވަރެވެ. އެމިންވަރަށްވުރެ މަދުވެއްޖެ ނަމަ މުދަލު ޒަކާތް ވާޖިބެއް ނުވާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް އެއަހަރަކަށް މުދަލުޒަކާތް ވާޖިބުވާ ނިސާބުގެ އަދަދު ކަނޑައަޅައެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެގޮތުން ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ ހިޖުރީ ގޮތުން އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީގޮތުން ވާޖިބު ކަމެކެވެ. ޕަސެންޓުގެ ގޮތުން ބަލާނަމަ އެއީ 2.5 ޕަސެންޓެވެ.

މުދަލު ޒަކާތް ދެއްކުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ.

މުދަލު ޒަކާތުގެ ޝަރުއީ މާނައަކީ ކަނޑައެޅިފައިވާ ވަކި ބާވަތް ތަކެއްގެ މުދަލަކުން ޝަރުއީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ކަނޑައެޅިފައިވާ ވަކި ހާއްސަ ބަޔަކަށް ނުވަތަ ފަރާތަކާ ހަވާލުކޮށްގެން ﷲ އަށް އަޅުވެތިވުމެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top