ރާއްޖެއިން ބޭރުގެ ނަންބަރުތަކުން އަންނަ ކާކުކަން ނޭންގޭ ކޯލްތަކަށް ޖަވާބު ނުދިނުމަށް ދިރާގުން އެދެފި އެވެ.
ވަރަށް ގިނަ ދިވެހިންނަށް މިއަދާއި މިރޭ ރަޝިޔާގެ ނަންބަރަކުން ދަނީ ގުޅަމުންނެވެ. އެކަމާއި ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށްފައިވެއެވެ.
ދިރާގުން ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ބޭރުގެ ނަމްބަރަކުން ގުޅަމުން އަންނަ ކަމަށާއި އަދި މެސެޖްކޮށް ގުޅުމަށް އެދެމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ވަނީ އެ ކޯލްތަަކަށް ޖަވާބު ނުދިނުމަށް އަދި މެސެޖް ކުރި ނަމަވެސް ނުގުުޅުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ
Some mobile customers are receiving calls from unknown international numbers and text messages asking to call back.
We would like to advise everyone to be cautious and not to respond to such messages or calls from unknown international numbers.
— Dhiraagu (@Dhiraagu) October 5, 2020