އެމްޓީސީސީގެ ފަރާތުން ބ.ފެހެންދޫގައި ކުރިއަށް ގެންދާ ފެހެންދޫ ބަނދަރުހެދުމުގެ މަސައްކަތުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މީގެ އިތުރުން އެ ރަށުގެ ބަނދަރުގައި 130 މީޓަރުގެ ބޭރު ތޮށިލުމާއި، 282 މީޓަރު ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 214 މީޓަރު އެއްގަމު ތޮށި ހެދުމާއެކު ބަނދަރުގައި ރޭމްޕެއް ހަދައި ވޯކްވޭ ބްރިޖެއް އަޅާނެ އެވެ.
އަދި އެއްގަމު ތޮށި ވަށައިގެން ޕޭމެންޓެއް ހަދައި ބަނދަރާއި ނެރު ފުން ކުރާނެ އެވެ.
49.6 މިލިއަން ރުފިޔާގެ މި މަޝްރޫއު މޮބިލައިޒް ކުރެވިފައި ވަނީ ނޮވެމްބަރު 10، 2019ގަ އެވެ.