ރިޓަޔަރ ކުރާ އުމުރު 75އަށް ބަދަލު ކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ

raees-yameen-g.dh-madaveyyah-vadaigathun-7-755x435.jpg

ރައީސުލްޖުމްހޫރިއްޔާ ގދ، މަޑަވެއްޔަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ވަޒީފާއިން ރިޓަޔަރ ކުރަންޖެހޭ އުމުރު 74 ނުވަތަ 75 އަހަރަށް ބަދަލު ކުރައްވަން މަސަައްކަތް ކުރައްވާނެ ކަމަށާ ރިޓަޔަރ ކުރަންޖެހޭ އުމުރަކީ 65 އަހަރުކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރަޢީސް މިހެން ވިދާޅުވީ މިހާރު ގދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފަރެސްމާތޮޑާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުނެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޓަޔާ ކުރަން ޖެހޭ އުމުރަކީ 65 އަހަރު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި ސިއްހީ ކަންކަމަށް އައިސްފައިވާ ބަދަލުތަކާއި އަދި ފަރުވާ ދިނުމުގައި ހުރި ފަސޭހަތަކަށް ބަލައިރު އެ ގާނޫނަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

އެހެންކަމުން ދެވަނަ ދައުރުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި މަޖިލީހުގެ ތެރެއިން ގާނޫނު ބަދަލުކޮށް ރިޓަޔާ ކުރާ އުމުރު 75 އަހަރަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“65 އަހަރުވުން އެއީ އެއްގޮތަކަށް ވެސް މީހުން މަސައްކަތް ނުކޮށް ތިބެން ޖެހޭ އުމުރެއް ނޫން އެހެންވެ ސަރުކާރުން ކުރާނެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އެއް ކަމަކަށް ރިޓަޔާ ކުރާ އުމުރު 75 އަކަށް ޖެއްސޭތޯ މަސައްކަތް ކުރާނަން،” ރައީސް ޔަމީން ވިދާޅުވި އެވެ.

ރިޓަޔާ ކުރާ އުމުރު 75 އަހަރަށް ބަދަލު ކުރަން ރައީސް ނިންމަވާފައިވާއިރު މި ސަރުކާރުން ވަނީ އުމުރުން 65 އަހަރުުވުމުން ކޮންމެ މީހަކަށްވެސް 5000 ރުފިޔާގެ އިނާޔަތެއް ދެމުންނެވެ. މިއާއެކު އެ ގާނޫނަށް ބަދަލު ގެނައުމާއެކު އިނާޔަތް ލިބުން ވެސް 75 އަހަރަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top