އޭދަފުށި ކްއާޓަރ ފައިނަލަށް

team-eyd.jpg

އޭދަފުށި ޓީމް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގައި ރޭ އޭދަފުއްޓާއި ދިއްގަރު ބައްދަލު ކުރި މެޗުން އޭދަފުށި މޮޅުވުމުން މުބާރާތުގެ ކުއާޓާ ފައިނަލަށް ހިނގައްޖެއެވެ.

ރޭގެ މެޗު ވަގުތު ހަމަވެގެން ނިމުނު އިރު 2-2 އިން ދެޓީމް ވަނީ އެއްވަރު ވެފައެވެ. ވުމާއެކު ޕެނަލްޓީ ޖެހުމުން މެޗުގެ ނަތީޖާ އޭދަފުށި ކޮޅަށް ބުރަވެގެންދިޔައީ ޕެނަލްޓީގައި ދިއްގަރު ޓީމުގެ ފުރަތަމަ ދެ ޕެނަލްޓީވެސް ވައްދާނުލާ އޭދަފުށިން ދެ ޕެނަލްޓީވެސް ކާމިޔާބު ކުރުމުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އޭދަފުށީ ޓީމްގެ އަހްމަދު އަޝްރަފް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ދިއްގަރުވެސް ލަނޑެއް ޖަހައި މެޗް އެއްވަރު ކުރިއެވެ.

ދެވަނަ ހާފުގައި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ދިއްގަރު ޓީމުން ވަނީ ދެވަނަ ލަނޑު ޖަހާ އަނެއްކާވެސް ލީޑު ނަގާފައެވެ. އޭދަފުށި އިތުރު ލަނޑެއް ޖަހައި އަނެއްކާވެސް މެޗް އެއްވަރު ކޮށްދިނީ  މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ސޮބީ އެވެ.

ކުއާޓާ ފައިނަލުގައި އޭދަފުށި ވާދަކުރާނީ ހދ. ނައިވާދޫއާއެވެ. ރޭ ކުޅުނު މެޗުގައި ނައިވާދޫ ވަނީ އއ. ބޮޑުފުޅަދޫ 3-2 އިން ބަލިކޮށްފައެވެ. މި މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ 10 ޖަހާއިރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top