ސަމާލު: ރޯދަ ހަދިޔާ ލިބޭނެކަމަށް ބުނެ ފޭކް މެސެޖުތަކެއް

large_166376582565YkPM.png

ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ ފޭކް މެސެޖުތަކެއް ބަޔަކު ފޮނުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނީ ، ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާ ކަމަށާއި، މިކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.

އެގޮތަށް ލިބޭ ލިންކުތަކަށް ފިތައި، ޒާތީ މައުލޫމާތު ނުފުރުމަށާއި، އެފަދަ ޝައްކު ކުރެވޭ ލިންކެއް ލިބިއްޖެ ނަމަ އެކަން ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ އެފަދަ މައްސަލަތައް އެ ސާވިސްގެ އޮންލައިން ޕޯޓަލް police.gov.mv/crimereport މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައިގެން ރިޕޯޓް ކުރުން އެދޭ ކަމަށެވެ.

ފޭކު ލިންކުތައް މެދުވެރިކޮށް މީހުންގެ އެކައުންޓުތަކުން ފައިސާ ފޭރުން މިފަހުންވެސް އިތުރުވެފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top