ތުޅާދޫގައި އަޅާ ހޮސްޕިޓަލްގެ ޑިޒައިން ދައްކާލައިފި

ExAf3_QUYAACjbn.jpg

ސަރުކާރުން އަތޮޅުތަކުގައި އަލަށް އިމާރާތް ކުރާ ހޮސްޕީޓަލެއްގެ ކުރެހުމެއް.

ބ.ތުޅާދޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ ޑިޒައިން އާއި ބީއޯކިއު ނިންމާ ހެލްތް މިނިސްޓްރީއާއި ހަވާލުކޮށްފި އެވެ.

ތުޅާދޫ ހޮސްޕިޓަލާއެކު އަތޮޅު ތެރޭގެ ޖުމްލަ 12 ރަށެއްގައި އަޅާ ހޮސްޕިޓަލް ތަކުގެ ކުރެހުންވެސް މިއަދުވަނީ އާއްމު ކޮށްފައެވެ.

ޒަމާނީ ފެންވަރަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލްތައް 10 އަތޮޅެއްގެ ރަށްތަކުގައި އެޅުމަށް ހަމަޖެހިފައިވާކަމުގައި ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އާބާދީގައި ތިންހާހަށްވުރެ ގިނަ މީހުން ދިރި އުޅޭ ތުޅާދޫގައި  އަލަށް އެއާޕޯޓެއް އެޅުމަށްވެސް ދަނީ ތައްޔާރުވަމުން ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން މި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ އެމްޑީޕީއިން ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން އަތޮޅުތަކުގެ ރަށްރަށުގެ ކެންޑިޑޭޓުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ”ރަށްވެހިފަތިސް“ގެ ބައްދަލުވުމުގައި ތުޅާދޫ ރައްޔިތުންގެ ފަރާތުން ރައީސް ސޯލިހުގެ އަރިހުގައި އެއާޕޯޓްގެ ވާހަކަ ވަނީ ދަންނަވާފައެވެ. ރައީސް ވިދާޅުވީ ތުޅާދޫގައި އެއާޕޯޓް އަޅަން ރަނގަޅު ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށާ ވަކި ތާރީޚެއް ވިދާޅުނުވެ ދެން ވިދާޅުވީ ތުޅާދޫގައި ރަނގަޅު އެއާޕޯޓެއް އިރާދަކުރެއްވިއްޔާ އެޅޭނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top