ވެކްސިންގެ ދެޑޯޒު ފުރިހަމަ ކުރަން ޖެހޭނީ އެއް ވައްތަރެއްގެ ވެކްސިންއަކުން!

6004f14b8ad12.png

ކޮވިޑު-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ފުރިހަމަކުރުމަށް ޖަހަންޖެހޭ ދެ ޑޯޒްވެސް ޖަހަން ޖެހޭނީ އެއްވައްތަރެއްގެ ވެކްސިންއަކުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

(އެޗްޕީއޭ) އިން މި މައުލުމާތު ހާމަކުރަމުން ބުނި ގޮތުގައި ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒްއާއި ދެވަނަ ޑޯޒުވެސް ޖަހަން ޖެހޭނީ އެއްވައްތަރެއްގެ ވެކްސިންއަކުންނެވެ. އެގޮތުން ފުރަތަމަ ޑޯޒަށް ކޮވިޝީލްޑް ޖެހި މީހުން ދެވަނަ ޑޯޒްއަށް ވެސް ޖަހަންޖެހޭނީ ކޮވިޝީލްޑް ވެކްސިންއެވެ. ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ މީހުންވެސް ދެވަނަ ޑޯޒަކަށް ޖަހަންޖެހޭނީ ސިނޯފާމް ވެކްސިންކަމަށެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ދެ ވައްތަރެއްގެ ވެކްސިންއެވެ. އެއީ ކޮވިޝީލްޑާއި ސިނޯފާމްއެވެ.

މާލެ ސަރަައދުގައި ޗައިނާގެ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަންފަށާފައިވަނީ މިއަދުއެވެ.

ރާއްޖޭގައި ކޮވިޑްގެ ވެކްސިން ދޭން ފެށީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. ފުރަތަމަ ޖަހަން ފެށީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި 200،0000 އަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ. މީގެތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނެއެވެ. މިއީ ވެކްސިން ޖެހޭ އާބާދީގެ %50 އާ ގާތްކުރާ އަދަދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top