ކޮންމެ ރަށެއްގައި ތާރުއަޅާކަށް ނުޖެހޭ: އަސްލަމް

large_163049026930UkeN.jpg

މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް --

ރާއްޖޭގެ ކޮންމެ ރަށަކީ ތާރު އަޅަންޖެހޭ ރަށެއް ނޫންކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މިހާރު އިންފްރާސްޓްރަކްޗާ މަސައްކަތެއް ގޮތަށް އެންމެ ޑިމާންޑު ބޮޑު މަސައްކަތަކީ މަގުހެދުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، 22 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާ ކަމަށާއި 19 ރަށެއްގެ މަގުހެދުން ޕްލޭން ކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

“ރަށްރަށުގެ މަގުތަކުގައި ތާރު އެޅުން ޓްރެންޑަކަށް ވެފައި މިވަނީ،” އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮންމެ ރަށަކީ ތާރު އަޅަން ޖެހޭ ރަށެއް ނޫން ކަމަށެވެ. ނަމަވެސް އާބާދީ ބޮޑެތި ތޮއްޖެހިފައި ހުންނަ ތަންތަނުގައި ތާރު އަޅައިގެން މަގުތައް ހަދަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެއްކޮޅުގައި ހުރެފައި އަނެއްކޮޅުގައި ހުންނަ މީހާއަށް ގޮވާލީމަ އަޑުއިވޭ ރަށްރަށުގައި ވެސް ތާރު އަޅަން ޑިމާންޑު އެބަ ކުރާކަމަށެވެ. އަދި އެއީ ވެހިކަލްތަކުގައި މީހުން ދަތުރުކުރުން ރަނގަޅު ތަންތަން ކަމުގައި ގަބޫލު ނުކުރައްވާ ކަމަށެވެ.

“ޕިކަޕް ހުންނަން ޖެހޭނެކަން އަޅުގަނޑު ގަބޫލުކުރަން. އެހެން ނަމަވެސް މި ދެންނެވި ސައިޒުގެ ރަށެއްގައި ޓެކްސީތަކެއް ޕްރައިވެޓް ކާރުތަކެއް ހުންނަން ޖެހޭނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،” އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، މަގުތައް ހެދުމާއި މަގުތައް ބޭނުންކުރެވޭނެ ގޮތަކާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށެވެ. އެހެންކަމުން ވެހިކަލް އެރުވޭނެ ގޮތްތައް ކަނޑައެޅިފައި ހުންނަން ޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު ތާރު ނޭޅި ނަމަވެސް މަގުތައް އެއްވަރުކޮށް، ފެން ހިނދޭ ގޮތަށް މިހާރު ތަރައްގީ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top