ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަނީ

final-bidheysi-800x516-osgpypw5l7gssv6oczp3i5wul7685nb66vxs9jdice.jpg

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރުމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކު ކުރަން ފަށައިފިއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި  މިއަދު ވިދާޅުވީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށް، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ކުށްކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށް މީގެ ކުރިންވެސް ސަރުކާރުން ވިދާޅުވެފައި ވެއެވެ.

“އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއް ވެފައިވާ މިފަދަ ކަންކަން މުޅިން ހައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން،”. ރައީސް ވިދާޅުވެފައި ވެއެވެ.

ސަރުކާރުން މައުލޫމާތު ދެއްވިގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފިންގަ ޕްރިންޓްނެގި، އެމީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިތިބި މީހުންކަން ކަށަވަރު ކުރުމަކީ ސަރުކރުގެ އަމާޒު ކަމަށެވެ. ބިދޭސީންގެ ފިންގަ ޕްރިންޓްނެގުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top