މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި

GIdKnQaWMAACEn1.jpeg

މުދަލު ޒަކާތުގެ ނިސާބަކީ ދިވެހި ފައިސާއިން ދައްކާ ނަމަ 9240.35ރ. ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ހާމަކޮށްފި އެވެ.

މި އަދަދަކީ އެންމެފަހުން ނިސާބަށް ބަދަލު ގެނައިއިރު ކަނޑައެޅި އަދަދު ކަމަށްވާ 9353.40 އަށްވުރެ 113.05 ރުފިޔާ ކުޑަ އަދަދެކެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

ފައިސާއިން ޒަކާތް ދައްކާ ނަމަ، ފައިސާ އަގު ކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރަންރިހީގެ ނިސާބުންނެވެ. އަހަރުގެ އެކި ދުވަސްވަރު ނިސާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ އެކު ތަފާތުވެ އެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުން ދީނީ ގޮތުން ވާޖިބުވެގެން ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top