ޔުނައިޓެޑްވީއާއި ރޯޔަލް ސެމީއަށް

DSC_0103.jpg

ޔުނައިޓެޑްވީ އާއި އަނަންތަރާގެ މެޗް . ފޮޓޯ : އީޓީ

އޭދަފުށީގައި މިހާރު ލޭޓް ޝާހީން ފުޓްސަލްޗެލެންޖް މުބާރާތުގެ ކްއާޓަރފައިނަލް މެޗްތައް ކުޅެވެމުންދާއިރު މިއަދު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރި ޔުނައިޓެޑްވީއާއި އަނަންތަރާގެ މެޗް ޔުނައިޓެޑްވީ  ކާމިޔާބު ކުރުމުން އެޓީމް ސެމީއަށް ދިއުމުގެ ހުރިހާ މަގެއް ފަހިވެއްޖެއެވެ.

ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ލިބި ފުރުސަތުގެ ބޭނުން ނުކުރެވިދިޔަ މިމެޗް 1-0ން މޮޅުވީ ޔުނައިޓެޑްވީއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާން އެވެ.

ކްއާޓަރފައިނަލްގައި މިއަދު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ރޯޔަލްއާއި ކިހާދުއްފަރުއެވެ. މި މެޗް 6-4 ން ކާމިޔާބުކޮށްފައިވަނީ ރޯޔަލްއެވެ.

މެޗްގެ ފުރަތަމަ މިނިޓްގައި ރޯޔަލްގެ އަނަސް ވަނީ ލަނޑެއްޖަހައި މެޗްގެ ލީޑު އަތުލާފައެވެ. އޭގެހަމަ ކުޑަހިނދުކޮޅެއްގެ ތެރޭގައި ރޯޔަލްގެ ދެވަނަ ލަނޑު އެޓީމުގެ ރިޔާޒު ޖަހައި ކުޅުންތެރިންގެ ޕްރެޝަރ ދަށްކޮށްދިނެވެ. މެޗްގެ ތިންވަނަ ލަނޑުވެސް ޖަހާފައިވަނީ ރޯޔަލްއިން އެޓީމުގެ ފަޔާޒް އެވެ.

ފުރަތަމަ ހާފްގެ ސަތާރަވަނަމިނިޓްގައި ކިހާދުއްފަރުގެ ވައްހާބުގެ ލަނޑާއެކު އެޓީމުގެ ކުޅުންވެސް ރަގަޅު ކުރެވޭތޯ މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. އެހެންނަމަވެސް ކިހާދުއަށް މޮޅުވުމުގެ ފުރުސަތު ހަނިވެގެން ދިޔައީ ރޯޔަލް އިތުރު ލަނޑެއްޖަހައި ނަތީޖާ ތަފާތުބޮޑުކުރުމުންނެވެ.

ދެވަނަހާފް ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް އިތުރު ލަނޑެއް ރޯޔަލް އަށް އެޓީމުގެ ފަޔާޒް ޖަހައިދިނެވެ. އެއާއެކު ކިހާދުއްފަރުވެސް ބަދަލު ހިފުމުގެ ރޫހުގައި ކުޅެ ދެމިނިޓްތެރޭގައި ދެ ލަނޑު ޖެހިއެވެ. ނަމަވެސް މެޗް ނިމުނީ ރޯޔަލްގެ އިތުރު ދެގޯލާއެކުގައެވެ.

މާދަމާ ކުރިއަށްދާނީ މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެއިމްސް ޔުނައިޓެޑް އާއި ޔުނައިޓެޑްވީއެވެ. ދެވަނަ މެޗުގައި ރޯޔަލްއާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސޮނެވާފުށި ރިސޯޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top