ކައުންސިލުން ބޭނުންވާނަމަ ކައިރީގައި އޮންނަ ފަޅުރަށް ލިބޭގޮތަށް ހަމަޖައްސައިފި

Baa-Madhoo-eydhafushitimes-pic.jpg

އޭދަފުށީ ގެ ދެކުނުން ޖެހިފައި އޮންނަފަޅުރަށް، މާއްޑޫ

ކައުންސިލްތަކުން ބޭނުންވާނަމަ ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްރަށް ވެސް ކައުންސިލް ތަކަށް ދޫކުރެވޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާއި ބެހޭ ގަވާއިދުގެ ނަމުގައި މިއަދު އާންމުކުރި ގަވާއިދުގައި ބުނެފައިވަނީ، ކައުންސިލްތަކުން ބޭނުންވެއްޖެނަމަ އެ ކައުންސިލެއްގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށެއް ވިޔަސް އެ ރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ރަށްތައް ދޫކުރުމުގެ މަސައްކަތް ކުރާނީ ސިޓީތަކާއި ލޯކަލް ގަވަރމަންޓާއި ގުޅޭ މިނިސްޓްރީން ކަމަށާއި ނަމަވެސް ރަށެއް ކައުންސިލަކަށް ދިނުމަށް ނިންމަވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މި ފުރުސަތު ކައުންސިލްތަކުގެ އިތުރުން އާންމުންނަށް ވެސް ހުޅުވާލާފައިވާއިރު، ރަށްރަށުގައި ހިންގޭނެ ކަންކަން ވެސް އެ ގަވާއިދުގައި ވަނީ ހިމަނާފައެވެ.

ރަށްރަށުގައި ކުރެވޭނެ ކަންކަން:

– ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން

– ތަކެތި ގުދަންކުރުން

– ކުކުޅާއި ގެރިބަކަރި އަދި ދޫނި ގެންގުޅުން

– މަސް ކައްކައި ހިއްކުން

– ލޮނުމަހުގެ މަސައްކަތް ކުރުން

– ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން

– އެކުއަކަލްޗާގެ މަސައްކަތް ކުރުން

– ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން/ ދިރޭމަސް ގެންގުޅުން

– އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން

– ފައިބަރާއި ވަޑާމާއި އެޅިގަލުގެ މަސައްކަތާއި ވޯކްޝޮޕްތައް ހެދުން

– ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ހދުމަތް ދިނުން

– ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top