އެމްޕީ ސަލީމްގެ އިބްރާހީމް ނައުފަލް، މުލަކު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކޮށްފި

418745891-394778556283837-5220691880579011756-n-1.jpg

އިބްރާހީމް ނައުފަލް

ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން މ. މުލަކު ދާއިރާއަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ އިބްރާހީމް ނައުފަލް، މުލަކު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި އެވެ.

އަންނަ މަޖިލިހުގެ އިންތިޚާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ކުރީގެ ގިނަ މަޖިލިސް މެންބަރުންތަކެއް އެ ކޯލިޝަންގެ ޓިކެޓް ވަނީ ކަށަވަރު ކުރައްވައިފައެވެ.

ޕީޕީއެމުން ބުނީ، 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށް ގެންދިޔަ ކަމަށެެވެ. އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި އިރު، ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. މި ޕްރައިމަރީގައި 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

އިބްރާހީމް ނައުފަލް ޓިކެޓު ކަށަވަރުވި އިރު، އޭނާގެ ބައްޕަ އަހްމަދު ސަލީމް ވަނި ޕްރައިމަރީއަކާ ނުލައި، އޭދަފުށީ ދާއިރާގެ ޓިކެޓު ކަށަވަރު ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top