އަތޮޅުތެރޭގެ 10 ހޮސްޕިޓަލް ތަރައްގީކުރަނީ

big-jh4duaqo13b3mdxuvnfmlcntm.jpg

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ބޭފުޅުން -ފޮޓޯ :އަވަސް .އެމްވީ

އަތޮޅުތެރޭގެ 10 ހޮސްޕިތަލް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ހެލްތް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު އަމީން ވިދާޅުވީ، މާލެ ތޮއްޖެހި، ބޭސްފަރުވާއަށް އަތޮޅު ތެރެއިން މީހުން މާލެއަށް އައުން ހައްލުކުރުމަށް ސަރުކާރުންގެ ވިސްނުމަކީ، 10 ހޮސްޕިޓަލެއް ސަރަހައްދީ ފެންވަރަށް ތަރައްގީކުރުން ކަމަށެވެ. އެގޮތުން މިހާރު ފަސް ހޮސްޕިޓަލެއްގެ މަސައްކަތް ވަނީ ފަށާފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ހޮސްޕިޓަލްތައް ހުރި ސަރަހައްދުން ހޮސްޕިޓަލަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ތަހުލީލު ކުރެވޭނެ ގޮތްތަކާއި ޑޮކްޓަރަށް ދެއްކޭނެ އިމްތިޒާމްތައް ފުރިހަމަ ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދެ ފިޔަވައްސަކަށް ބަހަލައިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި، ރަށްތަކުން މީހުން މާލެ އަންނަން ޖެހޭނީ ކޮން ކަންތައްތަކެއްގައިތޯ ބަލައި، އެކަންކަން ވެސް ތަރައްގީކުރާ ހޮސްޕިޓަލު ތަކުން ހަމަޖެހިގެންދާނެ ކަމަށް އަމީން ވިދާޅުވި އެެވެ. މިގޮތުން މި ވަގުތު ތަރައްގީ ކުރަމުން ދަނީ އަތޮޅު ތެރޭގައި ހުރި ފަސް ރީޖަނަލް ހޮސްޕިޓަލެވެ.

އެ ފަސް ހޮސްޕިޓަލް ތަރައްގީކުރުމަށް ބޭނުންވާ 400 މިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި އަމާޒަކީ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ތަންތަނުން ނަތީޖާ ފެންނަ ވަރު ކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 10 ހޮސްޕިޓަލްގެ ތަރައްގީއަށް ބިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާވެ ކަމަށާ އޭގެ ތެރެއިން 800 މިލިއަން ރުފިޔާ މިހާރުވަނީ ހަމަޖެހިފައެވެ. އަދި މި10 ހޮސްޕިޓަލް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ސްޕެޝަލައިޒް ހިދުމަތްތައް ދިނުން ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް ރާއްޖޭގައި ހުރިހާ ރަށެއްގައި އެމްބިއުލާންސް ހިދުމަތް ދިނުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށް ދާކަމަށާ މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ބޭރުގެ އެހީއާއެކު މިއަހަރު، 70 ރަށެށްގެ އެމްބިއުލާންސް ހަމަ ޖެހިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި އެމްބިއުލާންސް ހިދުމަތް ނެތީ ހަމަ އެކަނި އެންމެ ހަތަރު ރަށެއްގައި ކަމަށާއި ނަމަވެސް 50 އަށް ވުރެ ގިނަ ރަށްތަކުގައި އެމްބިއުލާންސްތަކަށް މައްސަލަ ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެ ސީ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށާއި އަދި، ރާއްޖެއަށް ޒަމާނީ އެންމެ ފަހުގެ 25 ސީއެމްބިއުލާންސް ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top